ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 17:46
ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ
ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ
ހަޔަރ އެޑިއުކޭޝަން
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ކާމިޔާބު، 4137 މީހުން ޒިޔާރަތްކުރި
މި އެކްސްޕޯއަކީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބޭއްވި ޙަރަކާތެއް

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ވަރަށް ކާމިޔާބު ކަމަށާއި، އެކްސްޕޯ އަށް 4137 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވި އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ ނޮވެމްބަރު މަހުގެ 18 އަދި 19 މި ދެ ދުވަހެެވެ. ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭގޮތަށް ބޭއްވި އެކްސްޕޯގައި ޖުމްލަ 35 ސްޓޯލް ގާއިމްކޮށްފައިވެއެވެ. ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ އެކްސްޕޯގައި ވަޒީފާގެ ފިނަ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި އެކްސްޕޯގައި މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ އިދާރާތަކާއި އޮފީސްތަކުން ވަނީ ބައިވެރިވެފައެވެ.

އެކްސްޕޯގައި ވަޒީފާގެ ފުރުސަތުތަކާއި، ތަމްރީނުގެ ފުރުސަތުތަކުގެ އިތުރުން ހޭލުންތެރިިކަމުގެ މައުލޫމާތާއި، ފަތުރުވެރިކަމާއި، މަސައްކަތްތެރިކަމުގެ އިތުރުން އެހެން ބައެއް ސިނާއަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ވެސް އެކްސްޕޯގެ ތެރެއިން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކެއް ވެސް ވަނީ ބާއްވާފައެވެ. "ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" އަކީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބޭއްވި ޙަރަކާތެކެވެ.

- ކޮމެންޓް