ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 15:27
ރިޝީ ސުނަކް އާއި ވޮލޮޑޮމިރް ޒެލެންސްކީ
ރިޝީ ސުނަކް އާއި ވޮލޮޑޮމިރް ޒެލެންސްކީ
ރޮއިޓާސް
ރިޝީ ސުނަކް ޔޫކްރެއިނަށް ވަޑައިގަތުން
ރިޝީ ސުނަކް ޔޫކްރެއިނަށް ވަޑައިގެންފި
 
އިނގިރޭސި ވިލާތަކީ ޔޫކްރެއިންގެ އެންމެ ގާތް އެއް އެކުވެރި ގައުމުގެ ގޮތުގައި ދެ ބޭފުޅުން ފާހަގަކުރެއްވި

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ޔޫކްރެއިނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގެން ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ސުނަކް ވަނީ ޑިފެންސް އެހީގެ ގޮތުގައި އިތުރު 50 މިލިއަން ޕައުންޑްގެ އެހީ އިނގިރޭސި ވިލާތުން ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ޔޫކްރެއިނަށް ވަޑައިގަތުމުން ވަރަށް ފުން އަސަރު ކުރުވައިފި ކަމަށާއި ޔޫކްރެއިނާ އެކު އިނގިރޭސި ވިލާތުން އަބަދުވެސް ވާނެ ކަމަށް ސުނަކް ވިދާޅުވިއެވެ. މިއާ އެކު ޒެލެންސްކީ ވެސް ވަނީ ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިނގިރޭސި ވިލާތަކީ ޔޫކްރެއިންގެ އެންމެ ވަރުގަދަ އެއް ބައިވެރިޔާކަމަށް ވިދާޅުވެފައެވެ.

އިނގިރޭސި ވިލާތުން ދޭ 50 މިލިއަން ޕައުންޑްގެ އެހީގެ ޕެކޭޖުގައި ހިމެނެނީ ރަޝިޔާއިން ޑްރޯންތައް ބޭނުންކޮށްގެން ދޭ ހަމަލާތައް މަތަކުރާނެ ބޮޑު ބަޑިއާއި ރާޑަރު އަދި އެންޓި ޑްރޯން އިލެކްޓްރޯނިކް އާލާތްތަކެވެ.

މި ބައްދަލުވުމުގައި ސުނަކް ވަނީ ޔޫކްރެއިން ސިފައިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ދެއްވާނެ ކަމަށާއި އާރމީ މެޑިކްސް އަދި އިންޖިނޭރުން ފޮނުވުން ފަދަ ޚާއްސަ ސަޕޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިމަހުގެ ކުރީކޮޅު ވެސް އިނގިރޭސި ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް ވެސް ވަނީ އިނގިރޭސި ވިލާތުން ޔޫކްރެއިނަށް 1000 އެންޓި އެއާރ މިސައިލް ދޭނެ ކަމަށް ވިދާލުވެފައެވެ.

ޔޫކްރެއިނަށް ކުރެއްވި ދަތުރުފުޅުގައި ސުނަކް އަށް ވަނީ ޔޫކްރެއިން ސިފައިން އަތުލައިގަނެފައިވާ އީރާންގައި އުފައްދާފައިވާ ޑްރޯންތަކެއް ދައްކާލާފައެވެ. މި ޑްރޯންތަކަކީ ރަޝިޔާ ސިފައިން ޔޫކްރެއިންގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ބޭނުންކުރި ޑްރޯންތަކެވެ. މީގެއިތުރުން ސުނަކް ވަނީ ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ މަގްބަރާގައި މާބޮނޑިއެއް ބާއްވަވާ އަދި ފަޔަރ ސްޓޭޝަނެއްގެ މަސައްކަތްތެރިންނާ ބައްދަލުކުރައްވާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް