Advertisement
ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 12:41
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ހައިކޯޓު
ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ
މަޤާމަށް އެދި ހުށައަޅާނީ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާ
އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ވަނީ ލާޒިމުކޮށްފައި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ހައިކޯޓަށް ފަނޑިޔާރަކު ބޭނުންވާ ކަމަށާއި، އެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ނޮވެމްބަރު 2022 ގެ 12:00 ގެ ކުރިން ހުށައެޅޭނެ ކަމަށެވެ.

މި މަޤާމަށް އެދި ހުށައަޅާނީ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށްކަމަށް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށް ޖޭއެސްސީން ބުނެއެވެ.

Advertisement

މި މަޤާމަށް ކުރިމަތިލައްވާ ފަނޑިޔާރުން އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ވަނީ ލާޒިމުކޮށްފައެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5(ފަހެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސް ގޮތުގައި މަހަކު 3300 ރުފިޔާ އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވައެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ ފަނޑިޔާރު ޙާތިފް ހިލްމީ ފަނޑިޔާރު ކަމުގައި 13 އަހަރުގެ ދިގު ޚިދުމަތެއް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވުމާއި ގުޅިގެންނެވެ.

ހާތިފް ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވުމާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު، ފަނޑިޔާރު އަލްއުސްތާޒު ހުސައިން ޝަހީދުއާ ވަގުތީގޮތުން ހަވާލުކުރަން ނިންމަވާފައިވާކަންވެސް ޖޭއެސްސީން ހާމަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް