Advertisement
ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 08:33
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑުތައް ޤައުމުތަކަށް ފޮނުވާލައިފި
މި ހާދިސާގައި 10 މީހުން މަރުވި
މި ހާދިސާގައި މަރުވީ އިންޑިއާ އާއި ބަންގްލަދޭޝްގެ ރައްޔިތުން

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑުތައް އެ މީހުންގެ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރެއިން 8 މީހުން އިންޑިއާއަށް ނިސްބަތްވާއިރު ދެ މީހުން ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ.

ފުލުހުން ވަނީ ހާދިސާއަށްފަހު، މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ އާއިލާތަކުން ބޭނުންވާނަމަ ޤައުމަށް ފޮނުވައިދޭނެ ކަމަށް ބުނެފައެވެ.

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހަކަށް އަދިވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ޤައުމުތަކަށް ފޮނުވާލާފައިވާއިރު ހާދިސާ ހިނގިތަން ސާފު ކުރަނިކޮށް މި މަހުގެ 15 ވަނަ ދުވަހު ވަނީ މީހެއްގެ ފައެއް ވެސް ފެނިފައެވެ. މިހާތަނަށް އެއީ ކާކުގެ ފައެއް ކަމެއް އެނގިފައި ނުވާ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ތަހުގީގުން ދައްކާ ގޮތުގައި ހާދިސާ ހިނގަން މެދުވެރިވީ ނިރުފެހިގޭގެ ތިރީގައި ހިންގާ ގަރާޖު ތެރޭގައި އަލިފާން ރޯވެގެންނެވެ. އެ ގެއަކީ ލަކުޑި ޝީޓުތަކެއް އަޅައިގެން ހަދައިފައިވާ ގެއަކަށްވާއިރު އަލިފާން މުޅި ގެއަށް ފެތުރެން ނެގީ އެންމެ ދޮޅު މިނެޓުގެ ވަގުތުކޮޅެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ވަނީ ވަގުތީ ހިޔާތައް ހަމަޖައްސައިދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް