ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 02:01
މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލައިގައި ހޯދަމުންދާ މީހާ
މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލައިގައި ހޯދަމުންދާ މީހާ
ޕޮލިސް މީޑިޔާ
މަސްތުވާތަކެތި ޓްރެފިކް ކުރުން
މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލައެއްގައި މީހަކު ހޯދަނީ
ފުލުހުން ހޯދަމުންދަނީ ލ. ގަމަށް ނިސްބަތްވާ މީހެއް
އޭނާ އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވޭ
ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މި އަމުރުކޮށްފައިވަނީ ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ އެމީހާ ހާޒިރު ކުރެވިފައިނުވާތީ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ލ. ގަން، ވިލާ، ޙުސައިން ޢާޠިފް (28އ) އެވެ.

އޭނާ ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ. ކޯޓުން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 20 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފައެވެ.

އެހެންކަމުން، މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް