ކ. މާލެ
|
19 ނޮވެންބަރ 2022 | ހޮނިހިރު 19:33
ރާއްޖެ އައި ފަތުރުވެރިންތަކެއް
ރާއްޖެ އައި ފަތުރުވެރިންތަކެއް
ވެލާނާ އެއާޕޯޓް
ޓޫރިޒަމް
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް
މިއީ 2021 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާ އަޅައިބަލާއިރު އެއްލައްކަ ފަތުރުވެރިންގެ އިތުރުވުމެއް

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ 2021 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންނާ އަޅައިބަލާއިރު އެއްލައްކަ ފަތުރުވެރިންގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެ މަހު 153،737 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެއީ 199،213 ފަތުރުވެރިންނެވެ. ދެވަނައިގައި އޮތް ރަޝިއާއިން 174،601 ފަތުރުވެރިން ޒިޔާރަތްކުރިއިރު ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ޒިޔާރަތްކުރީ 155،018 ފަތުރުވެރިންނެވެ.

މި ތިން ގައުމުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކުގެ ތެރޭގައި، ޖަރުމަނާއި އިޓަލީއާއި އެމެރިކާއާއި ފްރާންސާއި ސްޕެއިންއާއި ސްވިޒަލެންޑާއި ސައުތު ކޮރެއާ ހިމެނެއެވެ.

ރާއްޖެއަށް މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ލަފާކުރާގޮތުގައި، މިއަހަރު ނިމޭއިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެއެވެ.

- ކޮމެންޓް