ކ. މާލެ
|
19 ނޮވެންބަރ 2022 | ހޮނިހިރު 10:39
ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެން ރަނގަޅު ކުރުން
ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެން ރަނގަޅު ކުރުން
ފެނަކަ ކޯޕަރޭޝަން
އައިސް ޕްލާންޓްގެ މުވައްޒަފުން
އައިސް ޕްލާންޓްގެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ފެނަކަ އިން ފަށައިފި
ކޯސް ފަށާފައިވަނީ 32 މުވައްޒަފުންނާއެކު

އައިސް ޕްލާންޓްގެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ފެނަކަ އިން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަން އިން 22 ސެޕްޓެމްބަރ 2022ން ފެށިގެން އަލަށް ހަވާލުވި 14 އައިސް ޕްލާންޓްގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ގޮތުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ސެޓްފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑް މެއިންޓެނަންސް ކޯސް  14 ނޮވެމްބަރ 2022 ގައި ވަނީ ފަށާފައެވެ.

މިކޯސް ފަށާފައިވަނީ 32 މުވައްޒަފުންނާއެކުގައެވެ. މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެން ރަނގަޅު ކުރުމެވެ.

އައިސް ޕްލާންޓްގައި ކުރިން ފެށިގެން މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ތަމްރީނެއް ރެފްރިޖެރޭޝަން ދާއިރާއިން ލިބިފައި ނުވާތީވެ، އެ ދާއިރާގެ ޓެކްނިކަލް ބިންގަލެއް އެޅުމުގެ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 3 ގެ ކޯހެއް މި ދާއިރާއަށް އަމާޒުކޮށް ފަށާފައިވާކަން ފެނަކަ އިން ފާހަގަކުރިއެވެ.

މި ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެގޮތާއި، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލް، ގެ އިތުރުން ރެފްރިޖަރޭޝަންގައި ބޭނުންކުރާ ސާމާނު އަދި ރެފްރިޖަރޭޝަން އާއި ބެހޭ އެހެންވެސް ކަންކަން ކިޔައިދީ އަމަލީގޮތުން އެ މަސައްކަތްތައް ދަސްކޮށްދޭނެއެވެ.

ކޮންމެ އައިސް ޕްލާންޓަކުން އެންމެ މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވިގެންދާއިރު ކޯސް ފުރިހަމަކުރުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ. އަދި ކުރިމަގުގައި އިތުރު ލެވެލްތަކުގެ ކޯސްތައްވެސް މިދާއިރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ފެނަކައިން މައުލޫމާތު ދީފައި ވެއެވެ.

ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ ރިސާރޗް އަކީ 07 އޮކްޓޯބަރ 2020 ވަނަ އަހަރު އުފެދިގެން ދިޔަ އިންސްޓިޓިއުޓެކެވެ. އަދި އެތަނުން ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން އެކިއެކި ދާއިރާތަކުން ދަނީ ތަމްރީނު ކުރެވެމުންނެވެ. މިހާތަނަށް ޖުމްލަ 245 މުވައްޒަފުންނަށް ވަނީ ފެނަކަ އިންސްޓިޓިއުޓްއިން ކިޔަވަން ފުރުސަތު ލިބިފައެވެ. އަދި އޭގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ ކޯސްތައް ފުރިހަމަކޮށްފައެވެ. ފެނަކަ އިންސްޓިޓިއުޓް އިން މިހާރު ކިޔަވައިދެމުން ގެންދަނީ އެކިއެކި ޓެކްނިކަލް ދާއިރާތަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް