ކ. މާލެ
|
18 ނޮވެންބަރ 2022 | ހުކުރު 13:09
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
އިސްލާމިކް މިނިސްޓްރީ
ވެށި ސާފުކޮށް ރައްކާތެރިކުރުން
ވެށި ސާފުކޮށް ރައްކާތެރިކުރުމަކީ މުއުމިނުންގެ ސިފައެއް: ޚުތުބާ
ވެއްޓަކީ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަހާ
ބަލިތައް ޖެހޭ މިންވަރު ދަނީ އިތުރުވަމުން

ހަގީގީ މުއުމިނަކީ އޭނާ ދިރިއުޅޭ ވެށި، ނުރައްކާތަކުން ރައްކާތެރިކޮށް ސަލާމަތްކޮށްދޭ މީހެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިންސާނުންނާއި ވެށީގެ ރައްކާތެރިކަން އޮތީ އިސްލާމްދީނުގައި" މި މައުޟޫއަށް ރާއްޖޭގައި އިއްވި ހުކުރު ޚުތުބާގައި ބުނީ މުއުމިނުން ދަންނަ ގޮތުގައި ވެށި ރައްކާތެރިކުރުމަކީ އޭނާގެ ދީނީ، އިންސާނީ އަދި ވަތަނީ މަސްއޫލިއްޔަތެއް ކަމަށެވެ.

ވެއްޓަކީ އަހަރުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަހާ ކަމުގައިވާއިރު، އެތަން ފާސިދުވެއްޖެ ނަމަ އަހަރުމެންގެ ސިއްހަތު ފާސިދުވެގެން ހިނގައިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މިއަދު ދުނިޔޭގެ ވަޔާއި ފެން ވަނީ ތަޣައްޔަރުވެފައި ކަމަށާއި، ދަނޑުހެއްދުމަށް އަޅާ ގަސްކާނާގައި ހިމެނޭ ކެމިކަލްތަކުން ކާބޯތަކެތި ވެސް ދަނީ ތަޣައްޔަރުވަމުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިފާއީ ބާރު ދަށްވެ، ބަލިތައް ޖެހޭ މިންވަރު ދަނީ އިތުރުވަމުން ކަމަށެވެ. އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، ކުނިބުނީގެ ސަބަބުން ފަރުތައް ހަލާކުވެ ދިރުންތަކަށް ދަނީ ގެއްލުން ލިބެމުން ކަމަށް ޚުތުބާގައި ބުންޏެވެ.

މި ހުރިހާ ކަންތަކެއްގެވެސް އަސްލަކީ އިސްލާމް ދީނުގެ އުސޫލުތަކާ ދުރުހެލިވެވުން.
ހުކުރު ޚުތުބާ

ވެށި ތަޣައްޔަރުވެގެންދަނީ ހަމަ އިންސާނުންގެ އަތުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މާތް ﷲ ފެނާއި، ވަޔާއި، ހަޔާތް ޚަލްގުކުރެއްވީ ސާފުތާހިރުކޮށް ކަމަށާއި، އެހެންނަމަވެސް އިންސާނުން ވިރާސީ މޭސްތިރިކަމުގެ ދަށުން މި ތަކެއްޗަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މާތް ﷲ ޚަލްގުކުރެއްވި ތަކެތި ދަނީ ތަޣައްޔަރުވަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ވަނީ ދިވެހިންނަކީ ކަނޑަށް ވަރަށް ބޮޑަށް ބަރޯސާވާ ބައެއްކަން ފާހަގަކޮށްފައެވެ. އިގްތިސާދުގެ ބޮޑު ބައެއް ވެސް މިކަމަށް ބަރޯސާވާއިރު މިއަދު އަހަރުމެންގެ ދެ އަތުން ކަނޑަށް ވެސް އެތައް ގެއްލުމެއް ދެމުންދާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އަހަރުމެން އިންސާނުންނަށް މަގު ދެއްކެވުމަށް ފޮނުއްވާފައިވާ ރަސޫލާ ވަނީ ވެށި ސާފުތާހިރުކޮށް ބާއްވައިގެން ދިރިއުޅުމަށް އިރުޝާދު ދެއްވާފައެވެ. އަދި ތިމާވެށި މުޑުދާރު ނުކުރުމަށާއި، ޚާއްސަކޮށް ފެން މުޑުދާރު ނުކުރުމަށް ވަނީ އިރުޝާދުދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް