ކ. މާލެ
|
18 ނޮވެންބަރ 2022 | ހުކުރު 07:25
ސްކޫލްތަކުގެ އަލިފާން ނިއްވާ ނިޒާމުތައް ބެލުން
ސްކޫލްތަކުގެ އަލިފާން ނިއްވާ ނިޒާމުތައް ބެލުން
އެމްއެންޑީއެފް
އަލިފާން ނިއްވާ ނިޒާމު ބެލުން
މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އަލިފާން ނިއްވާ ނިޒާމުތައް ބަލަން ފަށައިފި
 
މި ޕްރޮގްރާމް ދެ ހަފްތާއަށް ކުރިއަށްދާނެ
 
މި ޕްރޮގްރާމުގެ ތެރެއިން 22 ސްކޫލަކަށް ދާނެ
 
ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ސްކޫލު ބަލާފައިވޭ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމްއެންޑީއެފުން ގުޅިގެން މާލެއާއި ހުޅުމާލޭ ސްކޫލުތަކުގައި ގާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމްތައް ޗެކުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ނޮވެންބަރު 17 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގައި ބުރާސްފަތި ދުވަހުގެ ރޭ ޗެކްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމްތަކެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި މާލެއާއި ހުޅުމާލޭގެ 22 ސްކޫލަކަށް ގޮސް އެ ސްކޫލުތަކުގައި ޤާއިމްކޮށްފައި ހުރި އަލިފާން ނިއްވާ ނިޒާމްތައް ހުރީ ރަނގަޅު ހާލަތެއްގައިތޯ ބަލައި ޗެކްކުރާނެއެވެ.

މި ޕްރޮގްރާމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފުން ގުޅިގެން މި ޕްރޮގްރާމް ފަށާފައިވާއިރު ދާދި ފަހުން ހުޅުމާލެ ރެހެންދި ސްކޫލުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް