Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 22:53
ކ. ހުރާ
ކ. ހުރާ
ޓްވިޓަރ
ހުރާ
ހުރާގައި ފަގީރަކު ނެތް، ޒަކާތުގެ ފައިސާ ހިންމަފުއްޓަށް
ހުރައިން ޒަކާތުގެ ގޮތުގައި ޖުމުލަ 26،001 ރުފިޔާ ދެއްކި
މިދިޔަ އަހަރުގެ ވެސް ހުރާގައި ފަގީރުންގެ ލިސްޓްގައި މީހަކު ނެތް
މިދިޔަ އަހަރު ވެސް ޒަކާތުގެ ފައިސާ ދިނީ ހިންމަފުއްޓަށް

ކ. ހުރާގައި މި އަހަރު ވެސް ފަގީރުންގެ ލިސްޓްގައި އެއްވެސް މީހަކު ނަން ނޯޓް ކޮށްފައި ނެތުމާއެކު  ފިތުރު ޒަކާތުގެ ގޮތުގައި ރަށަށް ލިބުނު ފައިސާ، ހިންމަފުއްޓަށް ދީފި އެވެ.  

 

ހުރާ ކައުންސިލްގެ ނައިބު ރައީސް ފަޔާޒު އިބްރާހިމް ވިދާޅުވި ގޮތުގައި މި އަހަރު ހުރައިން 1276 މީހުން 26،001 (ސައްބީސްހާސް އެކެއް) ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވެ އެވެ.  

 

"މި އަހަރު ފިތުރު ޒަކާތަށް ލިބިފައި މިއިނީ 26،001 ރުފިޔާ، މި 26،001 ވާނީ ހިންމަފުށީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ބެހުމަށް ވަނީ ހިންމަފުށީ ކައުންސިލާ ހަވާލުކުރެވިފައި،" ފަޔާޒު ވިދާޅުވި އެވެ.

 

ހުރާގައި ފަގީރަކު ނެތުމުގެ ސަބަބުން މިދިޔަ އަހަރު ވެސް ފިތުރު ޒަކާތުގެ ފައިސާ ދިނީ ހިންމަފުއްޓަށެވެ.

 

"އަސްލު ހުރާ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ހުރާގައި މިވަގުތު އެއްވެސް ފަގީރަކު ނެތުމަކީ ހުރާގެ ތަރައްގީއަށާއި ހުރާގެ ކުރިމަގަށް ލިބިފައި އޮތް ވަރަށް ބޮޑު ކާމިޔާބެއް"، ފަޔާޒު ވިދާޅުވިއެވެ.

 

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ހިންމަފުށީގައި ފަގީރުންގެ ގޮތުގައި 30 އަށް ވުރެ ގިނަ މީހުން ނަން ރަޖިސްޓްރީކޮށްފައިވެ އެވެ.

 

ބާރަ ސަތޭކަ އަށް ވުރެ ގިނަ މީހުން އާބާދީއެއް އޮންނަ ހުރާގައި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ ގޭބިސީއެއްގެ ކަރަންޓް ބިލުން 50 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް