Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 22:43
މަރާލާފައިވާ ޔާމިން ރަޝީދު: މައްސަލައިގައި 7 މީހަކު ވަނީ ހައްޔަރު ކޮށްފައި
މަރާލާފައިވާ ޔާމިން ރަޝީދު: މައްސަލައިގައި 7 މީހަކު ވަނީ ހައްޔަރު ކޮށްފައި
ފޭސްބުކް
ޔާމިން ރަޝީދު މަރާލުން
ޔާމިންގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
އެކަކަށް ޖަހާފައިވަނީ 10 ދުވަސް އަނެކަކަށް ޖަހާފައިވަނީ 15 ދުވަސް
މި ދިޔަ ބުރާސްފަތި ދުވަހުވެސް ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރި
މިހާތަނަށް ފުލުހުން ވަނީ ޔާމިން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ 3 މީހެއްގެ ފޮޓޯ އާއްމުކޮށްފައި

ވަރަށް ރަހުމް ކުޑަ  ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހުކުރު  ދުވަހު ކްރިމިނަލް ކޯޓުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު ކްރިމިނަލް ކޯޓުން މުއްދަތު އިތުރުކޮށްފައިވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ގދ.ތިނަދުއަށް ނިސްބަތްވާ މީހަކާއި މާލެއަށް ނިސްބަތްވާ މީހެކެވެ.

އޭގެތެެރެއިން ތިނަދުއަށް ނިސްބަތްވާ މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ދީފައިވާ އިރު މާލެއަށް ނިސްބަތްވާ މީހާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.

ޔާމީނަށް ހަމަލާދީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ ފުލުހުން މައުލޫމާތު އާއްމުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު ވެސް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ އިތުރުކޮށްފައެވެ.

މ ތޯއިފް އުމުރުން 25 އަހަރުގެ އިސްމާއީލް ރަޝީދުއާއި، ހ އަންނާރުމާގޭ އުމުރުން 21 އަހަރުގެ އިސްމާއީލް ހައިޝަމް ރަޝީދު އާއި، މ އިރާސްމިކްގޭ އުމުރުން 22 އަހަރުގެ އަހުމަދު ޒިހާން އިސްމާއީލުގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ޔާމީން މަރާލި މައްސަލާގައި ފުލުހުންވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.

ޔާމިން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ 3 މީހެއްގެ ފޮޓޯއާއި ވަނަވަރު ފުލުހުން ހާމަކޮށްފައިވާއިރު އެމީހުންގެ މައްޗަށް އެކަން ސާބިތުވާ ވަރުގެ ހެއްކާ ގަރީނާވެސް ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މި ގޮތައް ހާމަ ކޮށްފައިވާ އިރު، ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބައެއް މީހުންނަށް އަނިޔާ ކޮށްފައިވާ ކަމުގެ ވާހަކަ ތައްވެސް ވަނީ އާއްމު ވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް