ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 18:18
ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ރާއްޖެއެމްވީ
ރާއްޖޭގެ ފަތުރުވެރިކަން
ފަތުރުވެރިކަމުގެ އުންމީދު ބޮޑު، ފަތުރުވެރިން ހޭދަކުރާ މިންވަރުވެސް އިތުރު - މިނިސްޓަރ
2019 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅައިބަލާއިރު މި އަހަރު ފަތުރުވެރިކަން %8 ރަނގަޅުވާނެކަމަށް ބެލެވޭ
2019 ވަނަ އަހަރު އެމެރިކާ އޮތީ 8 ވަނާގައިކަމަށް ވީނަމަވެސް، މިހާރު އެމެރިކާ އޮތީ 6 ވަނާގައި

މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އުންމީދު ބޮޑުކަމަށާއި, ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރުވެސް އިތުރުވެފައިވާކަމަށް، ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންރެކްޓަރސް އެސޯސިއޭޝަންސް (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަންގެ ހަވާސާގައި ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތައްވެސް އިތުރުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދިޔަ ޑިސެމްބަރު މަހަކީ ރާއްޖޭގެ ގިނަ ރިސޯޓްތަކަށް ފާއިތުވި އަހަރުތަކުގައި އެންމެ ކާމިޔާބު އެއް ދުވަސްވަރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީ މަހަކީވެސް ފަތުރުވެރިކަން ރަނގަޅު ދުވަސްކޮޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ލަފާކުރާ އަދަދަށްވުރެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަކަމަށާއި އެއީ ހެޔޮ ފާލެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖެއަށް ފަތުރުވެރިން އަންނަ މާރކެޓްތަކަށް ބަލާއިރު، އާ މާރކެޓްތައް ކުރިއަރަމުންދާކަމަށާއި، އެމެރިކާގެ މާރކެޓް ފާހަގަކޮށްލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2019 ވަނަ އަހަރު އެމެރިކާ އޮތީ 8 ވަނާގައި ކަމަށް ވީނަމަވެސް މިހާރު އެމެރިކާ އޮތީ 6 ވަނާގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅައިބަލާއިރު މި އަހަރު ފަތުރުވެރިކަން %8 ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް