Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 21:54
ރާއްޖެއަށްހަނދު ނުފެނުނަސް އިސްލާމީ ގައުމުތަކަށް ވަނީ ހަނދު ފެނިފައި
ރާއްޖެއަށްހަނދު ނުފެނުނަސް އިސްލާމީ ގައުމުތަކަށް ވަނީ ހަނދު ފެނިފައި
ޝަޓާ ސްޓޮކް
މާދަމާ އީދު
މާދަމާއަކީ ފިތުރު އީދު ދުވަސް
ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ނުވަތަ މިއަހަރުގެ ފިތުރު އީދު ދުވަހަކީ ޖޫން މަހުގެ 25 ވަނަ ދުވަސް
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުންވެސް މިއަހަރުގެ ފިތުރުއީދު ދުވަހަކީ ޖޫން މަހުގެ 25 ވާ އާދިއްތަ ދުވަސް
ރާއްޖެ އަށް ހަނދެއް ނުފެނޭ، ސައުދީ އަށް ހަނދު ފެނުނު

 

މާދަމާއަކީ ފިތުރު އީދު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

 

ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި އެ މިނިސްޓްރިން އިއްވެވި ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއަށް ހަނދު ފެނިފައި ނުވި ނަމަވެސް އިސްލާމީ ގިނަ ގައުމުތަކަށް 1438 ވަނަ އަހަރުގެ ފިތުރު އީދުގެ ހަނދު ފެނިފައިވާތީ މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅާކަމަށެވެ.

 

އެހެންކަމުން ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ނުވަތަ މިއަހަރުގެ ފިތުރު އީދު ދުވަހަކީ ޖޫން މަހުގެ 25 ވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.



އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުންވެސް މިއަހަރުގެ ފިތުރުއީދު ދުވަހަކީ ޖޫން މަހުގެ 25 ވާ އާދިއްތަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް