ކ. މާލެ
|
16 ނޮވެންބަރ 2022 | ބުދަ 10:54
ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ ބެންޗަކުން ޝަރީއަތެއް ހިންގުން
ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ ބެންޗަކުން ޝަރީއަތެއް ހިންގުން
ހައި ކޯޓް
ހައިކޯޓުގެ ޝަރީއަތްތައް
ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 3 އަންހެން ފަނޑިޔާރުންގެ ބެންޗެއްގެ ޝަރީއަތެއް
މި ޝަރީއަތް ހިންގާފައިވަނީ ބުދަ ދުވަހު
މި މައްސަލައަކީ ރަހުނު ހިމެނޭ ލޯނާއި ގުޅޭ 3 ގަޒިއްޔާއެއް

ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ ބެންޗަކުން ޝަރީއަތެއް ހިންގައިފިއެވެ.

މި ޝަރީއަތް ހިންގާފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން މި ޝަރީއަތުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ތިން އަންހެން ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދެވި މި މައްސަލައަކީ ރަހުނު ހިމެނޭ ލޯނާއި ގުޅޭ 3 ގަޒިއްޔާއެކެވެ. ނަޒާކީ އެލޫމިނިއަމް ޕްރައިވެޓް ލިމިޓެޑް، ނަޒާކީ ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި މުޙައްމަދު ޒަކީ، މ.އަޙްމަދީއާބާދު / ކ.މާލެ ގެ ފަރާތުން ދައުވާކުރި މި ގަޒިއްޔާތަކުގައި ދައުވާލިބޭ ފަރާތަކީ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްއެވެ.

ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ ބެންޗަކުން ޝަރީއަތެއް ހިންގުން - ހައި ކޯޓް

މި ގަޒިއްޔާތަކަކީ ސިވިލް ކޯޓުގެ ނިންމުންތަކެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ގަޒިއްޔާތަކެކެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު، ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ބެންޗު ބަދަލުވެފައިވާތީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވުނު އަޑުއެހުމެކެވެ. އެގޮތުން މި އަޑުއެހުމުގައި ދެފަރާތުން ވަނީ މައްސަލަ ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޝަރީއަތަށް ޚުލާސާ ކޮށްދީފައެވެ.

ހައިކޯޓުގައި މިހާރު 11 ފަނޑިޔާރުން މަސައްކަތް ކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް