ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 19:58
ޓީމް ކަންމަތީ ބުރު
ޓީމް ކަންމަތީ ބުރު
ރާއްޖެއެމްވީ
އެމްއީއެސްސީ ރަމަޟާން ކަޕް
އެމްއީއެސްސީ ރަމަޟާން ކަޕް 1438 ގެ ފައިނަލުގައި ކަންމަތީ ބުރު އަދި ކްލަބް ރެވެންޖާސް
މިއީ މި މުބާރާތް ބާއްވަމުން އަންނަތާ 11 ވަނަ ފަހަރު
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ

ގދ.ދާންދޫގައި، މިއުސިކް އެޑިފިކޭޝަން އެންމެޑް ސްޕޯޓްސް ކްލަބް (އެމްއީއެސްސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޝާން ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލަށް ކަންމަތި ބުރު އަދި ކްލަބް ރިވެންޖާސް ދަތުރުކޮށްފިއެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތެ ފައިނަލުން ކްލަބް ރިވެންޖާސް ޖާގަ ހޯދީ ސެމީ ފައިނަލުގައި ޕްރޮގްރެސިވް ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-2ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. ކަންމަތީ ބުރު ފައިނަލުން ޖާގަ ހޯދީ ސެމީގައި ޕީއެޗްއެމް ހަންޑަހާގެ މައްޗަށް 5-3ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މުޅި ގދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިފަހަރު ޖުމްލަ 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ދާންދޫ ޒުވާނުންނަށް ފުޓުބޯޅައިން ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށާއި، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި ސިލްސިލާކޮށް މި މުބާރާތް ބާއްވަމުން އަންނަތާ މިއީ 11 ވަނަ ފަހަރެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފިތުރު ޢީދު ދުވަހުގެރޭ 21:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް