ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 19:22
ނިއުގެ ކޯޗު ޓަވަރޭޒް ނޫސްވެރިންނަށް މައުލޫމާތު ދެނީ
ނިއުގެ ކޯޗު ޓަވަރޭޒް ނޫސްވެރިންނަށް މައުލޫމާތު ދެނީ
ރާއްޖެއެމްވީ
މާލޭ ލީގު
މިއީ ޓާގެޓް ހާސިލްކުރަން ލިބުނު މުހިންމު މޮޅެއް: ޓަވަރޭޒް
ނިއު ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފައި
ޓީސީ ފަދަ ވަރުގަދަ ކްލަބެއް އަތުން މޮޅުވުމުން އުފާވޭ
ކުޅުންތެރިން ދެއްކި ކުޅުމަށް ޝުކުރު ހައްގު

 

ޓީސީ އަތުން ލިބުނު މޮޅަކީ ޓާގެޓް ހާސިލްކުރަން ލިބުނު މުނިންމު މޮޅެއް ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ޓަވަރޭޒް ބުނެފި އެވެ.

މާލޭ ލީގުގައި ޓީސީ އަތުން 3-4 ގެ ނަތީޖާއިން ނިއު މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ޓަވަރޭޒް ބުނީ މިއީ ނިއުރޭޑިއަންޓްގެ ޓާގެޓް ހާސިލްކުރަން ލިބުނު މުހިންމު މޮޅެއް ކަމަށާއި، މި މޮޅަކީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު މޮޅެއް ކަމަށެވެ.

ޓަވަރޭޒް ބުނީ ގްރީން ސްޓްރީޓް މެޗުން ބަލިވުމަށްފަހު، ޓީސީ މެޗާ ކުރިމަތިލާން މަހެއްހާ ދުވަސް ނެގި ކަމަށާއި، އެއީ ޓީމަށް ދިމާވި ދައްޗެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ޓީސީ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެ މޮޅުވުމުން އެކަމާ އުފާވާ ކަމަށެވެ.

މެޗާ ބެހޭގޮތުން ޓަވަރޭޒް ބުނީ ނިއު އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެގޮތުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ކްލަބުން ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ޖެހުނު ނަމަ ދެވަނަ ހާފް ފަސޭހަވީސް ކަމަށާއި، ދެވަނަ ހާފްގައި ނިއު އަށް ލިބެންޖެހޭ ޕެނަލްޓީއެއް ރެފްރީ ދީފައިނުވާ ކަމަށެވެ.

ދެވަނަ ހާފްގައި ޓީސީން މޮޅު ކުޅުމެއް ދެއްކިކަން ފާހަގަކުރަމުން ޓަވަރޭޒް ބުނީ ނިއު އިން މޮޅުވުމަށް ބުރަ މަސައްކަތްކުރި ކަމަށާއި، މެޗުން ބަލިވިނަމަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

މި ސީޒަނުގައި ނިއު 10 މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ 21 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް