ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 06:00
ރެހެންދި ސްކޫލް
ރެހެންދި ސްކޫލް
ރާއްޖެއެމްވީ
ރެހެންދި ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާ
އަންނަ އާދިއްތައާ ހަމައަށް ރެހެންދި ސްކޫލުގެ ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށް
 
ދަންފަޅިތަކުގެ ކިޔެވުން ފެށޭނެކަމަށް ލަފާކުރެވެނީ 20 ނޮވެމްބަރުވާ އާދިއްތަ ދުވަހު
 
ސްކޫލްގެ ކަރަންޓު ވިއުގައަށް ގެއްލުންތަކެއް ވަނީ ލިބިފައި

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ހޯމަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސްކޫލުގައި ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެކަމަށް ބެލެވެނީ އަންނަ އާދިއްތަ ދުވަހު ކަމަށް އެ ސްކޫލުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި ސްކޫލުން އާންމުކުރި މައުލޫމާތުގައި ވާ ގޮތުން އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސްކޫލުގެ ކަރަންޓު ވިއުގައަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން މަރާމާތު މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެ ސްކޫލުން ބުނެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން އެއްކޮށް ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެކަމަށް ލަފާކުރެވެނީ 20 ނޮވެމްބަރު ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި މެދުކެނޑުމެއްނެތި ކިޔެވުން ކުރިއަށްގެންދިއުމުގެ ގޮތުން އަންގާރަ ދުވަހުން ފެށިގެން ކްލާސްތައް ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް ސްކޫލުން މައުލޫމާތުދެއެވެ.

އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދާގޮތާއި، އިތުރު ތަފްސީލު ބެލެނިވެރިންނާއި ކުދިންނާ ހިއްސާކުރެވޭނެ ކަމަށާއި، ކްލާސްތައް ކުރިއަށްދާނީ ގޫގުލް މީޓް މެދުވެރިކޮށް ކަމަށް ރެހެންދި ސްކޫލުން ބުނެއެވެ.

ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ގަރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓް ބޯޑުގައި އަލިފާން ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް