ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 20:07
ތުރުކީގެ އިސްތަންބޫލް
ތުރުކީގެ އިސްތަންބޫލް
ވަޔަން
ތުރުކީ ބޮންގޮވުން
ތުރުކީގެ އިސްތަންބުލްގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން 4 މީހަކު މަރުވެއްޖެ
 
4 މީހަކު މަރުވިކަމަށް ރިޕޯޓްކޮށްފައިވޭ
 
މިހާދިސާގައި މަރުވި މީހުންގެ ތަފްސީލް އަދި ނުލިބޭ

ތުރުކީގެ އިސްތަންބުލްގެ ހިނގާފައި އުޅޭ މަގެއްކަމަށްވާ އިސްތިކްލާލް އެވެނިއުގައި ބާރުގަދަ ގޮވުމެއް ހިނގުމުގެ ސަބަބުން ބަޔަކު މަރުވެ އިތުރު އެތައް ބަޔަކަށް އަނިޔާތައް ލިބިއްޖެއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ހިގި މިހާދިސާގައި 4 މީހަކު މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި އެގާރަ މީހުން ނަށް އަނިޔާތައް ވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަނިޔާވި އަދި މަރުވި މީހުން އަވަހަށް އެތަނުން ނެރުމަށް ހެލިކޮޕްޓްރުތަކާ އަދި އެމްބިއުލައިންސްތައް ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. މީގެ އިތުރުން ފަޔަރ ޓްރަކްތަކާ ފުލުހުންގެ ވެހިކަލްތައްވެސް އެތަނަށް ގޮސްފައިވެއެވެ.

އިސްތަންބުލްގެ އިސްތިކްލާލް އެވެނިއުއަކީ މީހުން ގިނައިން އެއްވާ، ޓުއަރިސްޓުންގެ ވެސް މަގްބޫލް މަގެއްކަމަށް ޚަބަރުތައް ބުނެއެވެ. މިމަގުގައި ބޮޑެތި ފިހާރަތަކާ ޗެއިން ސްޓޯރު ތަކާ ކަލްޗަރަލް ސައިޓް ތަކުގެ އިތުރުން ބައެއް ޑިޕްލޮމެޓިކް އައުޓްޕޯސްޓް ތައްވެސް  ހުންނަ ކަމަށް ވެއެވެ.

ވީޑިއޯ ތަކުން ފެންނަ ގޮތުގައި ބާރު ގޮވުމަކާއެކު އަލިފާން ވެސް ފެނެއެވެ. އެއާއެކު އެއްވެފައިވާ ޓުއަރިސްޓުންނާއި އެހެންވެސް މީހުން ދުވާތަން ފެނެއެވެ.

މިގޮވުން ހިގަން މެދުވެރިވި ސަބަބެއް އަދިނޭގޭކަމަށް ކަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
100%
0%
0%
0%
ކޮމެންޓް