ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 16:00
ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލް
ރާއްޖޭގެ ފުރަތަމަ ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލް ހުޅުމާލޭގައި އަޅަނީ
 
އައިލެންޑަރސް އެޑިއުކޭޝަނުން ވަނީ މިހާތަނަށް ގިނަ އިންޓަރނޭޝަނަލް ސްކޫލްތަކެއް ރާއްޖޭގައި އަޅާފައި
 
މި ސްކޫލް އިމާރާތްކުރަނީ އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން
 
މިއީ، ޕްލޮޓް LZ-7 ގެ 48،556.81 އަކަފޫޓުގެ ސުކޫލެއް

ދިވެހިރާއްޖޭގައި ބިނާ ކުރާ ފުރަތަމަ ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން އަޅާ މި ސްކޫލް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2ގައެވެ.

ހުޅުމާލޭގައި ސުކޫލް އެޅުމުގެ މަސައްކަތް ކުރުމަށް އާދިއްތަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަބްދުލް ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލެއް ހުޅުމާލެ ފޭސް 2ގައި ބިނާކުރެވިގެންދާނެއެވެ. އަދި މި ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލްސް ގެ ފަރާތުން އެކްރެޑިޓްކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގޭނެ ސްކޫލަކަށެވެ. މިއީ، ޕްލޮޓް LZ-7 ގެ 48،556.81 އަކަފޫޓުގެ ސުކޫލެކެވެ.

2008 ވަނަ އަހަރު އައިލެންޑަރސް އެޑިޔުކޭޝަން ވުޖޫދަށް އައިއްސުރެ އެކުންފުނީގެ އަމާޒަކަށް ވެފައިވަނީ އެންމެ ފެންވަރު ރަނގަޅު ތަޢުލީމު ކޮންމެ ދަރިވަރަކަށް ފޯރުކޮށްދިނުމެވެ. އައިލެންޑަރސް އެޑިޔުކޭޝަންގެ ފަރާތުން ފުރަތަމަ ހުޅުވި ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ސްކޫލްގެ ސަބަބުން، ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ތަޢާރަފްވިއެވެ. މީގެ އިތުރުން، 2012 ވަނަ އަހަރު އަމިއްލަ ފަރާތްތަކަށް ސްކޫލް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގެ ތެރެއިން، މާލޭގައި އޭރު ހިންގި އެންމެ ބިޔަ ތަޢުލީމީ ޕްރޮޖެކްޓް ކަމަށްވާ، އަމީރު އަޙްމަދު ސްކޫލާއި ޕްރީސްކޫލް ތަރައްޤީކުރުން އައިލެންޑަރސް އެޑިޔުކޭޝަނުން ބިޑުކޮށްގެން ކާމިޔާބުކުރިއެވެ. މީގެ އިތުރުން ހަމަ އެފަރާތުން ފިންލަންޑް އިންޓަރނޭޝަނަލް ސްކޫލް ރާއްޖޭގައި ހުޅުވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
33%
0%
0%
0%
33%
33%
ކޮމެންޓް