ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 12:57
އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލް އެގައުމުގެ ޑިމޮކްރަޓުން ކަށަވަރުކޮށްފި
އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލް އެގައުމުގެ ޑިމޮކްރަޓުން ކަށަވަރުކޮށްފި
ރޮއިޓާސް
އެމެރިކާގެ މިޑްޓަރމް އިލެކްޝަން
އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލް ޑިމޮކްރަޓުން ކަށަވަރުކޮށްފި
ސެނެޓްގެ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފައިވީ ނަމަވެސް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ކޮންޓްރޯލް ހޯދުމާ ރިޕަބްލިކުން ވަނީ ވަރަށް ގާތަށް ޖެހިލާފައި
ސެނެޓްގެ ކޮންޓްރޯލް ލިބިގެން ދިއުމަކީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް
އަލަށް އިންތިހާބުކުރެވުނު ސެނެޓުގެ މެންބަރުން މަގާމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހު

އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލް އެގައުމުގެ ޑިމޮކްރަޓުން ކަށަވަރުކޮށްފިއެވެ.

މިހާރު ކުރިއަށްދާ އެމެރިކާގެ މިޑް ޓަރމް އިލެކްޝަންގައި ނެވޭޑާއިން ސެނެޓަށް ވާދަކުރެއްވި ކޯޓެޒް މަސްޓޯ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ޑިމޮކްރެޓުންނަށް މިހާރު ވަނީ ސެނެޓުގެ ކޮންޓްރޯލް ކަށަވަރުކޮށްފައެވެ.

ސެނެޓްގައި މިވަގުތު 50 ޑިމޮކްރަޓިކް މެންބަރުންނާއި ރިޕަބްލިކަން މެންބަރުން ވަނީ ގޮނޑި ކަށަވަރުކުރައްވާފައެވެ. ޑިމޮކްރަޓުންނަށް މެޖޯރިޓީ ލިބިގެންދަނީ ނައިބު ރައީސް ކަމާލާ ހެރިސްގެ ގޮނޑިއާ އެކުއެވެ. އެކަމަނާގެ ތާއީދާ އެކު ޑިމޮކްރަޓުންގެ އަދަދު 51ށް އުފުލޭނެއެވެ.

އަލަށް އިންތިހާބުކުރެވުނު ސެނެޓުގެ މެންބަރުން މަގާމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ.

ސެނެޓްގެ ކޮންޓްރޯލް ލިބިގެން ދިއުމަކީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ.

ސެނެޓްގެ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފައިވީ ނަމަވެސް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ކޮންޓްރޯލް ހޯދުމާ ރިޕަބްލިކުން ވަނީ ވަރަށް ގާތަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް