ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 11:00
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ރާއްޖެއެމްވީ
މ. ނިރުފެހިގޭ އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ: ކާކުކަން ދެނެގަނެވިފައިނުވި މީހާއަކީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް
މި ހާދިސާގައި 10 މީހުން މަރުވެފައިވޭ
ނިޔާވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި އެމްބަސީތަކަށް ފުލުހުން އަންގާފައިވޭ
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މިހާތަނަށް 90،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވޭ

މިދިޔަ ބުދަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ނިޔާވި މީހުންގެ ތެރެއިން ދެނެގަނެވިފައިނުވި މީހާ މިހާރު ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި 10 މީހުން މަރުވިއިރު، އޭރު ދެނެގަނެވިފައިވަނީ އޭގެ ތެރެއިން 9 މީހުންގެ ހަށިގަނޑެވެ. އެއީ އިންޑިއާގެ 3 އަންހެނުންނާއި 4 ފިރިހެނުންނާއި، ބަންގްލަދޭޝްގެ އަންހެނަކާއި 1 ފިރިހެނެކެވެ.

އަދި ކާކުކަން އަދި ދެނެގަނެވިފައިނުވާ ފިރިހެނަކު ހިމެނޭކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އެކަމާގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އާދިއްތަ ދުވަހު ފުލުހުން ބުނީ، އެއީ ކާކުކަން ދެނެގަނެވިފައިނުވި މީހާއަކީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ޙާދިސާގައި ނިޔާވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި އެމްބަސީތަކަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ޤައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ޤައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެ ޤައުމެއްގެ އެމްބަސީއާއި ގުޅިގެން ފުލުހުން ކުރަމުންދާކަމަށެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މިހާތަނަށް 90،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ. ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލުނު 19 ބިދޭސީއަކަށް އެ ފަރާތްތަކުގެ ބަލަދުވެރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

- ކޮމެންޓް