ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 07:16
ނަތަންޔާހޫ
ނަތަންޔާހޫ
ގޫގުލް
އިސްރާއީލުގެ ސިޔާސީ މަސްރަހު
އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލަން ނަތަންޔާހޫއަށް ދައުވަތު
އިސްރާއީލުގައި މި ފަހުން އޮތް އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދީ ނަތަންޔާހޫގެ ކޯލިޝަނުން

އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވާލުމަށް ބެންޖަމިން ނަތަންޔާހޫއަށް އެ ގައުމުގެ ރައީސް އައިޒެކް ހެރްޒޮގް ދައުވަތު ދިނުމަށް ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި ހެރްޒޯގް ވަނީ މިދިޔަ ހުކުރު ދުވަހު ބަޔާނެއް ވެސް ނެރުއްވާފައެވެ. އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ 64 މެންބަރުން އެގޮތަށް ބޭނުންވާތީއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހެރްޒޮގް އާދީއްތަ ދުވަހު ރަސްމީކޮށް ސަރުކާރު އެކުލަވައިލަން ދައުވަތު ދެއްވާނެއެވެ. އޭނާ މިގޮތަށް ނިންމެވީ އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އޭނާއަށް ތާއީދު ކުރައްވާނެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ނަތަންޔާހޫއާ އެކު އާ ސަރުކާރެއް އެކުލަވާލުމުން ނަތަންޔާހޫ ވެގެންދާނީ އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ލީޑަރަށެވެ. އޭނާ ވަނީ މީގެ ކުރިން ފަސް ފަހަރު އިސްރާއީލުގެ ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާފައެވެ.

އިސްރާއީލުގައި މި ފަހުން އޮތް އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދީ ނަތަންޔާހޫގެ ކޯލިޝަން ޓީމުންނެވެ. ނަތަންޔާހޫގެ ކޯލިޝަނަށް ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ވަނީ ލިބިފައެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 51 ގޮނޑިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އާދީއްތަ ދުވަހު ހެރްޒޯގް އާ ނަތަންޔާހޫ އިސްރާއީލުގެ ރައީސްގެ ގެކޮޅުގައި ބައްދަލު ކުރައްވާނެއެވެ. އެއަށްފަހު ޤާނޫނުގައި ބުނާ ގޮތުނަ 28 ވަނަ ދުވަހު އައު ސަރުކާރު އެކުލަވާލަން ޖެހޭނެއެވެ. މުއްދަތު އިތުރު ކުރަން ބޭނުންވާ ހާލަތެއްގައި ލިބޭނީ 14 ދުވަހުގެ އެކްސްޓެންޝަނެކެވެ.

ސަރުކާރެއް ގާއިމުކުރެއްވުމަށް ފަހު، ސަރުކާރު ހިންގާނެ ގޮތް އަދި އެއްވެސް ސިޔާސަތަކަށް ބާރުފޯރުވައި ގޮތްތައް ކިޔުމުގެ ހުއްދަ ރައީސަށް ލިބިވަޑައިގެންފައެއް ނުވެއެވެ. ސަރުކާރު ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވާނީ ބޮޑުވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް