ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 08:17
ވޯލްޑް ކަޕް ޓްރޮފީއާއެކު ވިލާ
ވޯލްޑް ކަޕް ޓްރޮފީއާއެކު ވިލާ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޑޭވިޑް ވިލާއާއެކު ވޯލްޑް ކަޕްގެ ޓްރޮފީ ސައޫދީގެ ރިޔާޒަށް
ސައޫދީއަކީ މުބާރާތުގެ ކުރިން ވޯލްޑް ކަޕް ޓްރޮފީ ގެންދާ ފަހު ގައުމު

ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ ސައޫދީގެ ވެރިރަށް ރިޔާޒަށް ގެންގޮސްފިއެވެ.

ވޯލްޑް ކަޕް ޓްރޮފީ ޓުވަރގެ ތެރެއިން ރިޔާޒަށް ޓްރޮފީ ގެންދިޔައީ ހުކުރު ދުވަހުއެވެ. ޓްރޮފީއާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ޑޭވިޑް ވިލާވެސް ވަނީ ގޮސްފައެވެ. ވިލާ ވަނީ ރިޔާޒްގައި އޮތް ޚާއްސަ އިވެންޓެއްގައި ޓްރޮފީ ދައްކާލާފައެވެ. ސައޫދީއަކީ މުބާރާތުގެ ކުރިން ވޯލްޑް ކަޕް ޓްރޮފީ ގެންދާ ފަހު ޤައުމެވެ.

ސައޫދީއަށް ވޯލްޑް ކަޕްގެ ޓްރޮފީ ގެންގޮސްފައިވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސައޫދީގެ ފުޓުބޯޅަ ފެޑަރޭޝަންގެ ޖެނަރަލް ސެކެޓްރީ އިބްރާހީމް އަލްކަސީމްގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޓްރޮފީ އެ ގައުމަށް ގެންދިއުމާއެކު އެތައް ބަޔަކު ވަނީ ޓްރޮފީ ބަލައިލުމަށް ޖަމާވެފައެވެ. އެތަނުން ވާހަކަދެއްކި މީހަކު ބުނީ، ވޯލްޑް ކަޕްގެ ޓްރޮފީ އެ ގައުމަށް ގެންދިއުމަކީ ބޮޑު އުފަލެއް ކަމަށެވެ. ޚާއްސަކޮށް އަރަބި ގައުމެއްގައި ވޯލްޑް ކަޕް މުބާރާތް ބާއްވާ އަހަރެއްގައި ޓްރޮފީ އެ ގައުމަށް ގެންދިއުމަކީ ޝަރަފެއްކަމަށެވެ. އޭނާ ބުނީ ސައޫދީއަކީވެސް ފުޓުބޯޅައިގައި ނަން ހިނގާ ގައުމެއްކަމަށާއި، އުންމީދަކީ ވޯލްޑް ކަޕްގައި ސައޫދީއަށް ރަނގަޅު ނަތީޖާއެއް ލިބުންކަމަށެވެ.

ވޯލްޑް ކަޕްގައި ސައޫދީ ހިމެނިފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. އެ ގައުމު އޮތީ އާޖެންޓީނާ، ޕޮލެންޑް އަދި މެކްސިކޯއާ އެއް ގްރޫޕެއްގައެވެ.

- ކޮމެންޓް