ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 21:13
ސްޕެއިންގެ ކޯޗު ލުއިޒް އެންރީކޭ މުބާރާތަށް ސްކޮޑު އިއުލާނުކުރުން
ސްޕެއިންގެ ކޯޗު ލުއިޒް އެންރީކޭ މުބާރާތަށް ސްކޮޑު އިއުލާނުކުރުން
ރޮއިޓަސް
ފީފާ ވޯލްޑް ކަޕް
ސްޕޭންގެ ސްކޮޑުގައި ތިއާގޯ އާއި ޑެހެއާ ނުހިމަނާ
އެންރީކޭ ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު މިފަހަރުގެ މުބާރާތުގައި ވާދަކުރެވޭ ވަރަށް އެކުޅުންތެރިންގެ ފެންވަރު އެބަހުރި ކަމަށް
ސްޕޭނުން އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރީ ހުކުރު ދުވަހު

މެންޗެސްޓަރ ޔުނައިޓެޑްގެ އެއް ނަންބަރު ކީޕަރު ޑޭވިޑް ޑެހެއާ އާއި ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކާންޓްރާ ނުހިމަނާ، މިފަހަރުގެ ވޯލްޑް ކަޕަށް ސްޕޭންގެ ސްކޮޑު އިއުލާނު ކޮށްފިއެވެ.

މުބާރާތަށް ސްޕޭނުން އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރީ ހުކުރު ދުވަހުއެވެ. ސްޕޭންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޓީމުން ބާކީކުރި ކުޅުންތެރިންނަށް ފުރުސަތު ނުދޭން ނިންމީ އުމުރުން ދުވަސްވީ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި އައު ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. ޑެހެއާއަށް ފުރުސަތު ނުދިނީ އެހެން ކީޕަރުން ޓެސްޓު ކުރުމަށް ކަމަށްވެސް އެންރީކޭ ބުންޏެވެ.

މި ކުޅުންތެރިންގެ އިތުރުން ސާޖިއޯ ރާމޯސް އާއި މާކޯސް އަލޯންސޯ ފަދަ މޮޅެތި ކުޅުންތެރިންނަށްވެސް މިފަހަރުގެ ވޯލްޑް ކަޕަށް ސްޕޭނުން ނެގި ސްކޮޑުން ފުރުސަތު ނުލިބެއެވެ.

އެންރީކޭ ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު މިފަހަރުގެ މުބާރާތުގައި ވާދަކުރެވޭ ވަރަށް އެކުޅުންތެރިންގެ ފެންވަރު އެބަހުރި ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ކޮންމެ ޓީމަކާއިވެސް ވާދަކޮށްލެވޭ ވަރުގެ ސްކޮޑެއް އެކުލަވާލުން ކަމަށް އެންރީކޭ ބުންޏެވެ.

މިފަހަރުގެ ސްކޮޑުން އެންރީކޭ ވަނީ މިފަހުން ގިނަ އަނިޔާގެ މައްސަލަތަކެއް ދިމާވި ބާސެލޯނާ ފޯވާޑް އަންސޫ ފާޓީއަށް ފުރުސަތު ދީފައެވެ. އެންރީކޭ ބުނީ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ފާޓީ ސްކޮޑުގައި ހިމެނުމާއިމެދު ވިސްނަން ޖެހުނު ކަމަށެވެ. އަދި ފާޓީ ސްކޮޑަށް ނެގީ އޭނާގެ ޓެކްނިކަލް ހުނަރުތައް ރަނގަޅުވުމުން ކަމަށެވެ.

ސްޕޭން ސްކޮޑުގައި ހިމެނޭ ގޯލް ކީޕަރުން

  • އުނެއި ސިމޯން
  • ރޮބާޓް ސަންޗޭޒް
  • ޑޭވިޑް ރާޔާ

ސްޕޭން ސްކޮޑުގައި ހިމެނޭ ޑިފެންޑަރުން

  • ސީޒާ އަޒްޕިލިކޭޓާ
  • ޑެނީ ކަވާހަލް
  • އެރިކް ގާސިއާ
  • ހޫގޯ ގިލަމޮން
  • ޕައު ޓޮރޭސް
  • އައިމެރިކް ލަޕޯޓް
  • ޖޯޑީ އަލްބާ
  • ހޯސޭ ގާޔާ

ސްޕޭން ސްކޮޑުގައި ހިމެނޭ މިޑްފީލްޑަރުން

  • ސާޖިއޯ ބުސްކެޓްސް
  • ރޮޑްރީ ހެނާންޑޭޒް
  • ގަވީ
  • ކާލޮސް ސޯލާ
  • މާކޯސް ލޮރެންޓޭ
  • ޕެޑްރީ ގޮންޒަލޭޒް
  • ކޮކޭ ރެސަރެޝަން

ސްޕޭން ސްކޮޑުގައި ހިމެނޭ ފޯވާޑުން

  • ފެރާން ޓޮރޭސް
  • ނިކޯ ވިލިއަމްސް
  • ޔެރެމީ ޕީނޯ
  • އަލްވާރޯ މޮރާޓާ
  • މާކޯ އަސެންސިއޯ
  • ޕަބްލޯ ސަރާބިއާ
  • ޑެނީ އޮލްމޯ
  • އަންސޫ ފާޓީ
- ކޮމެންޓް