Advertisement
ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 19:42
އިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރ
އިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރ
ޝިއުނާ ސޯލިހް
ރައީސް ޞާލިހުގެ ސަރުކާރަށް 4 އަހަރު
މިދިޔަ 4 އަހަރަކީ ދިމާވި ގޮންޖެހުންތަކާއެކު ވައުދުތައް ފުއްދަމުން ގެންދެވުނު 4 އަހަރު - އަމީރު
ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް ހުރިހާކަމެއް ހެން، މިހާރު ވެސް ކުރިއަށް ގެންދެވޭކަމަށް މިނިސްޓަރު ވިދާޅުވި
ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުންވެސް ހިންދެމިލައިގެން މަސައްކަތް ކުރެވޭނެ ޖާގައެއް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި
ސަރުކާރުން އަންނަނީ ދިމާވާ ކޮންމެ ގޮންޖެހުމެއް ވެސް ގިރާކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި

މިދިޔަ 4 އަހަރަކީ ދުނިޔޭގެ ތާރީހުގައިވެސް ދިމާނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުން ގެންދެވުނު 4 އަހަރު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން، ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެންމެ އުނދަގޫ ދުވަސްތަކުގައި ވެސް ސަރުކާރުން މަސައްކަތް ކުރެއްވީ އިގްތިސާދީ ކާރިސާއިން އަރައިގަނެ، ރާއްޖެ ހަމަ މަގަށް އެޅުމަށް މަސައްކަތް ކުރެވުނު 4 އަހަރު ކަމަށެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ ދިމާވާ ކޮންމެ ގޮންޖެހުމެއް ވެސް ގިރާކުރައްވަމުން ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ އަމީރު ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް ހުރިހާކަމެއް ހެން، މިހާރު ވެސް ކުރިއަށް ގެންދެވޭ ކަމަށާއި، ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ހަމައަށް ހުރި ހުރިހާ ރަށްތަކެއްގައި ވެސް ޕަބްލިކް ސެކްޓަރ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭ ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި މި 4 އަހަރަކީ އަޅުގަނޑުމެންނަށް ދިމާވި ގޮންޖެހުންތަކާއެކު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު 4 އަހަރު. އަދި ކުރިއަށް އޮތް އަހަރުވެސް އަޅުގަނޑުމެންނަށް ދެން ހުރި ކަންތައްތައް ހަލުވި މިނެއްގައި ރައްޔިތުންނަށްޓަކައި އެ ޕްރޮޖެކްޓް ނިންމުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ދެކެނީ މި މަސައްކަތްތައް ރައްޔިތުން ބަލައިގަންނާނެކަމަށް. އަޅުގަނޑުމެން ތެދުވެރިކަމާއެކު ވަރަށް ބުރަކޮށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި މި ކުރި މަސައްކަތް ރައްޔިތުން ބަލައިގަންނާނެކަމަށް ދެކެން
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުންވެސް ހިންދެމިލައިގެން މަސައްކަތް ކުރެވޭނެ ޖާގައެއް ނުލިބޭ ކަމަށެވެ. ފުރަތަމަ އަހަރު ސަރުކާރުގެ ވިސްނުމާއެކު މަސައްކަތް ފެށުމަށް ތައްޔާރުވި ނަމަވެސް، ޖެހިގެން އައި 2020 ވަނަ އަހަރު ކޮވިޑް-19 ގެ ހާލަތާއި ބައްދަލުކުރަން ޖެހުނު ކަމަށާއި، 2021 ވަނަ އަހަރު އެކަމުން އަރައިގަނެވޭނެކަމަށް އުއްމީދުކުރި ނަމަވެސް 2022 ވަނަ އަހަރު ހަނގުރާމައާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައި ވެސް ރައްޔިތުންގެ މަންފާއަށްޓަކައި ކަމަށާއި، ކޮވިޑްގެ ތެރޭގައި ރައްޔިތުން ބިކަވިޔަނުދީ ސަރުކާރުން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް