Advertisement
ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 15:43
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި މަރުވި މީހަކު އިމާރާތުން ނެރެނީ
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި މަރުވި މީހަކު އިމާރާތުން ނެރެނީ
ރާއްޖެއެމްވީ
ނިރުފެހިގޭ އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގައި ނިޔާވި 9 މީހެއްގެ ހަށިގަނޑު ދެނެގަނެފި
10 ބިދޭސީން ވަނީ ނިޔާވެފައި
މަރުވި މީހުންގެ ތެރޭގައި 7 އިންޑިއާ މީހުން ހިމެނޭ
ބަންގްލަދޭޝްގެ ދެމީހަކު މަރުވި މީހުންގެ ތެރޭގައި ހިމެނޭ

ބުދަ ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން 9 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ ތަނެއްގައެވެ. މި ހާދިސާގައި 10 ބިދޭސީން ވަނީ ނިޔާވެފައެވެ.

ފުލުހުން ބުނީ މި 10 މީހުންގެ ތެރެއިން 9 މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާކަމަށެވެ. މި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 3 އަންހެނުންނާއި، އިންޑިއާގެ 4 ފިރިހެނުންނާއި، ބަންގްލަދޭޝްގެ 1 އަންހެނަކާއި، ބަންގްލަދޭޝްގެ 1 ފިރިހެނެކެވެ. ކާކުކަން ދެނެގަނެވިފައިނުވާ 1 ފިރިހެނަކު ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

މި މައްސަލައިގެ ތަހުގީގު ފުލުހުން ގެންދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ހާލުގައި ޖެހިފައިވެއެވެ. މިގޮތުން މި ހާދިސާ ހިނގި އިމާރާތުން ސަލާމަތްކުރި 28 ބިދޭސީންނާއި، ހާދިސާ ހިނގި ސަރަހައްދުގެ 4 އިމާރާތެއްގައި ދިރިއުޅެމުންދިޔަ 35 ދިވެހިންނާއި، އަދިވެސް އިތުރު ބިދޭސީންތަކެއް ހިމެނެއެވެ. މިމީހުންނަށް ދޭންޖެހޭ ސަޕޯޓު ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް