Advertisement
ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 11:07
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ރާއްޖެއެމްވީ
މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
މ. ނިރުފެހިގެ ބަލައި ފާސްކުރިއިރު ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި ފެނުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި
އެތަން ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް

މ. ނިރުފެހި ގޭގެ އަލިފާނުގެ ހާދިސާއަށްފަހު އެ ގެ ބަލައި ފާސްކުރިއިރު ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި ފެނުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ އިމާރާތް ބަލައި ފާސްކުރުމަށް ވަތް ތަހުޤީޤީ އިދާރާތަކަށް އިމާރާތުގެ ތެރެއިން ބަނގުރާ ކައްކަން ބޭނުންކުރާ އާލަތްތައް ފެނިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ ދައުރުވަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އެތަން ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަަށާއި އަދި މިހާތަނަށް ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި އެތަނުން ފެނިފައިނުވާ ކަމަށެވެ. އަދި އެތަން ސާފުކުރުމަށް ވަތް މީހުންނަށް، އެ ގޭގެ ތެރެއިން މަރުވެފައިވާ މީހަކު ފެނުނުކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައަކީ ވެސް ދޮގެއް ކަމަށް ވިދާޅުވިއެވެ.

Advertisement

ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު އަލުފާނުގެ ހާދިސާއެއް ހިނގާފައިވަނީ މ. ނިރުފެހި ގޭގައެވެ. އެ ގޭގެ ތިރީގައި ގަރާޖެއް ހުރިއިރު މަތީ ދެ ފަންގިފިލާގައި ބިދޭސީންތަކެއް އައީ ދިރިއުޅެމުންނެވެ. މީގެ ތެރެއިން މިހާތަނަށް ދިހަ މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައިވާ މީހުންގެ މައުލޫމާތު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް