Advertisement
ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 11:44
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާއިން ފެތުރެމުންދާ ދުމުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރި: ނައީމް
މި ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައި
ނުރައްކާތެރި މާއްދާތައް ހުރި މިންވަރު އީޕީއޭއިން ދަނީ ބަލަމުން

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެތުރެމުންދާ ދުމުގައި ނުރައްކާތެރި މާއްދާތައް ހުރި މިންވަރު ބަލަމުންދާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ބުދަ ދުވަހުގެރޭ ރޭ 12:30 އެހާއިރު، މ. ނިރުފެހިގޭގައި ހިނގާފައިވާއިރު، މި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ. އެއީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެކެވެ.

މި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފާއި، ފުލުހުންގެ އިތުރުން، އެންޑީއެމްއޭ އަދި އީޕީއޭއިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. މި ސަރަހައްދުން ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ނައީމް ވިދާޅުވީ މި ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި ކަމަށެވެ. ދުމުގައި އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާފަދަ މާއްދާތަކެއް އެކުލެވިގެންވާކަން މިހާތަނަށް ބެލި ބެލުމުން ހޯދިފައިވާ ކަމަށާއި، މި މާއްދާތައް އެކުލެވިގެންވަނީ ކިހާ މިންވަރަކަށްތޯ މިހާރު ބަލަމުންދާކަމަށް ނައީމް ވިދާޅުވިއެވެ.

Advertisement

ނައީމް ވަނީ އެ ސަރަހައްދުގައި އާންމުން މާސްކު ނާޅާ ހަރަކާތްތެރިވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެމީހުންނަށް ދޭންޖެހޭ އިރުޝާދުތައް ދެމުންދާނެކަމަށް ނައީމް ވިދާޅުވިއެވެ.

މި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ މީހުން އެ އިމާރާތުން ސަލާމަތްކޮށްފައިވެއެވެ. އަދި އެމީހުންނަށް ދޭން ޖެހޭ އެހީތެރިކަން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ދަނީ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް