Advertisement
ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 22:38
ނައިބު ރައީސް އަޒްހަރު ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުން
ނައިބު ރައީސް އަޒްހަރު ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސް މިސްރަށް ކުރައްވާ ދަތުރުފުޅު
އަލް އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލު ކުރައްވައިފި
ދަރިވަރުން ވަނީ ކަންބޮޑުވުންތައް ނައިބު ރައީސްއާ ހިއްސާކޮށްފައި
ދަރިވަރުންގެ ފަރާތުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދަރިވަރުންގެ ހާލު އޮޅުންފިލުއްވައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާގޮތް އޮޅުންފިލުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުން ވަނީ ސްޓޫޑެންޓް ލޯނާ ގުޅިގެންނާއި އަދި އެނޫންވެސް ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާ ކޮށްފައެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދަރިވަރުންގެ ފަރާތުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސްރަށް ވަޑައިގެންނެވީ އެ ޤައުމުގެ ޝަރްމުއްޝެއިޚްގައި ކުރިއަށްދާ އދ ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނޭ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27)ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް