ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 11:51
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ
އެމްޓީސީސީ
މާއުނގޫދޫގައި ހިނގި މާރާމާރީ
މާއުނގޫދޫގައި ތޫނު އެއްޗަކުން ދެމީހަކަށް ޙަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
 
ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވޭ
 
މި މާރާމާރީގައި ދެމީހަކަށް އަނިޔާވެފައިވޭ

ށ މާއުނގޫދޫގައި ތޫނު އެއްޗަކުން ދެމީހަކަށް ޙަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ށ މާއުނގޫދޫގައި ތޫނު އެއްޗަކުން ދެމީހަކަށް ޙަމަލާ ދީފައިވާކަމަށް އަންގާރަ ދުވަހުގެރޭ 00:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ދެމީހަކަށް އަނިޔާވެފައިވާއިރު، އެއީ 25 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އެމީހުންނަށް މާއުނގޫދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން 31 އަހަރުގެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް