ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 10:55
ރެސްކިއު ޓީމްތަކުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ރެސްކިއު ޓީމްތަކުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
ގޫގުލް
ޗައިނާގެ ވިއްސާރަ
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ
ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި 40 ގެ ވަޅުލެވިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ޗައިނާގެ ދެކުނު-ހުޅަނގު ސިޗުއާން ޕްރޮވިންސްގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީީޑިއާ އިން ބުނެފިއެވެ.

މީގެ އިތުރުން ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި 40ގެ ވަޅުލެވިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގީ ފަރުބަދައެއްގެ ކައިރިފަށް ވެއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ރެސްކިއު ޓީމްތަކުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އޮފިޝަލުން ބުނެފައި ވަނީ ބިންގަނޑުކަނޑައިގެން ދިޔަ ހާދިސާ ހިނގުމަށް މެދުވެރިވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަަމަށެވެ. 

ޗައިނާގެ ފަރުބަދަ މަތީ ސަރަހައްދުތަކުގައި، ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާތަކަކީ ހިނގުން ވަރަށް ގާތް ކަމެކެވެ. 

ސިޗުއާން ޕްރޮވިންސްގެ ވެންޗުއާން ކައުންޓީއަށް 2008 ވަނަ އަހަރު އައި ބިންހެލުމެއްގައި 87،000 މީހުން ވަނީ މަރުވެފައެވެ. އަދި ބިންހެލުން އައުމުގެ ސަަބަބުން މެޔޮކްސިއަން ކައުންޓީގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 37 ޓުއަރިސްޓަކު މަރުވިއެވެ.

 

 

 

 

- ކޮމެންޓް