ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 07:51
މެޗުން މޮޅުވުމުން ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުން މޮޅުވުމުން ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އެމްޕޮލީ ބަލިކޮށް ނަޕޯލީ ކުރިއަށް، މިލާން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން އެމްޕޮލީ ބަލިކުރީ 0-2 އިން

އިޓާލިއަން ލީގުގައި އެމްޕޮލީ ބަލިކޮށް ނަޕޯލީން އެއް ވަނައިގައި ހަމަޖެހިލިއިރު، އޭސީ މިލާން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ލީގުގައި އަންގާރަ ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން އެމްޕޮލީ ބަލިކުރީ 0-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ނަޕޯލީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ދެ ވަނަ ހާފުގައި ނަޕޯލީން ލީޑު ނެގީ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީގައި އެ ޓީމަށް ލީޑު ނަގައިދިނީ ހަޔަވިން ލޮޒާނޯއެވެ. މެޗުގައި އެމްޕޮލީ އަށް ގެއްލުން ދެއްކީ 74 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާއެކު ޑިފެންޑަރު ސެބަސްޓިއާނޯ ލުޕާޓޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ނަޕޯލީގެ ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ޖެހީ ޒިއެލެންސްކީއެވެ. އެއީ ލޮޒާނޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ޖެހި ލަނޑެކެވެ.

ލީގުގައި ސެރެމޮނީސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ވަނީ އެއްވަރުވެފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޑިވޮކް އޮރީގީ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ނިންމީ އެ ލަނޑު ބަލައި ނުގަތުމަށެވެ.

އެމްޕޮލީ އަތުން މޮޅުވެ ނަޕޯލީ އެއް ވަނައިގައި އޮތީ ކުޅުނު 14 މެޗުން 38 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މިލާނަށް ލިބެނީ 30 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް