ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 07:13
ޑެހެއާ
ޑެހެއާ
ޓްވިޓަރ
ޔުއެފާ ޔޫރޮޕާ ލީގު
ބާސެލޯނާއާ ދެކޮޅަށް ކުޅޭކަށް ބޭނުމެއް ނުވޭ: ޑެހެއާ
ޑެހެއާ ބުނީ ބާސެލޯނާ އަކީ ވާދަކުރަން ބޭނުންވި ޓީމު ނޫން ކަމަށާއި، ނަމަވެސް ޔުނައިޓެޑުން ފެބްރުއަރީ މަހު ނުކުންނާނީ ޗެލެންޖާ ކުރިމަތިލާން ކަމަށް

ޔުއެފާ ޔޫރޮޕާ ލީގު ޕްލޭ އޮފްގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ބޭނުންނުވާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ އެއް ނަންބަރު ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ބުނެފިއެވެ.

ޔޫރޮޕާ ލީގު ޕްލޭ އޮފްގައި ބާސެލޯނާ އާއި ޔުނައިޓެޑުގެ ފުރަތަމަ މެޗު އޮންނާނީ ބާސެލޯނާގެ ދަނޑުގައެވެ. އެ މެޗު އޮންނާނީ އަންނަ އަހަރުފެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ގުރުގައި ބާސެލޯނާއާ ވާދަކުރަން ޖެހުމުން ޑެހެއާ ބުނީ ބާސެލޯނާ އަކީ ވާދަކުރަން ބޭނުންވި ޓީމު ނޫން ކަމަށާއި، ނަމަވެސް ޔުނައިޓެޑުން ފެބްރުވަރީ މަހު ނުކުންނާނީ ޗެލެންޖާ ކުރިމަތިލާން ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އަކީ މޮޅު ޓީމެއް ކަމަށާއި، އެ ޓީމުން ކުޅެމުން އަންނަނީ މޮޅު ކުޅުމެއް ކަމަށެވެ. ޑެހެއާ ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން ބޭނުންނުވި ނަމަވެސް، ޔޫރޮޕާ ލީގު ކާމިޔާބު ކުރަން ބޭނުންނަމަ، މޮޅެތި ޓީމާ ދެކޮޅަށް ކުޅެން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އަކީ އޭގެން ކުލަބެއް ކަމަށެވެ. އިތުރަށް ޑެހެއާ ބުނީ ސަޕޯޓަރުންނަށްޓަކައި ވެސް ކުޅުންތެރިންގެ މޮޅު ކުޅުން ދައްކައި، ދެ މެޗު ވެސް ކާމިޔާބުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޑެހެއާ ބުނީ ޔޫރޮޕާ ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުމުގެ ކުރިން އެތައް ވަގުތެއް ލިބޭ ކަމަށެވެ. އެހެންކަމުން އޭގެ ކުރިން ހުރި މެޗުތަކަށް ފޯކަސްކޮށްގެން ކުރިއަށްދާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ މޮޅެތި ޓީމުތަކާ ދެކޮޅަށް ކުޅުމަކީ އަބަދު ވެސް ބޮޑު ޗެލެންޖެއް ކަމަށެވެ. ޑެހެއާ ބުނީ ބާސެލޯނާއާ ދެކޮޅަށް އަދި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް