ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 07:11
ސިޓީގެ ކޯޗު ގާޑިއޯލާ
ސިޓީގެ ކޯޗު ގާޑިއޯލާ
ޓްވިޓަރ
މެެންޗެސްޓަރ ސިޓީ
ޖެނުއަރީ ޓްރާންސްފާގައި ސިޓީން ކުޅުންތެރިޔަކު ނުހޯދާނެ
ގާޑިއޯލާ ބުނީ ސިޓީގައި މިހާރު ތިބި ކުޅުންތެރިންނާއެކު، ކަންކަން ރަނގަޅުކޮށް އެންމެ ފުރިހަމަ ކާމިޔާބު ހޯދާނެ ކަަމަށް

އަންނަ ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓަރ ސިޓީން ކުޅުންތެރިޔަކު ނުހޯދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ޖެނުއަރީ ޓްރާންސްފާގައި ސިޓީގެ ވިސްނުމާމެދު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ސިޓީން އިތުރު ކުޅުންތެރިޔަކު ނުހޯދާނެ ކަމަށެވެ. ސަބަބަކީ ސިޓީގައި މިހާރު ވެސް ފެންވަރު ރަނގަޅު ސްކޮޑެއް އޮތުން ކަމަށް އޭނާ ފާހަގަކުރިއެވެ. ގާޑިއޯލާ ބުނީ ސިޓީގައި މިހާރު ތިބި ކުޅުންތެރިންނާއެކު، ކަންކަން ރަނގަޅުކޮށް އެންމެ ފުރިހަމަ ކާމިޔާބު ހޯދާނެ ކަަމަށް ޤަބޫލު ކުރާކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ސިޓީން މަސައްކަތް ކުރާނީ ވެސް އެކަމަށް ކަމަށެވެ.

މީގެ އިތުރުން ސިޓީއާ ވާދަވެރި ލިވަޕޫލް ވިއްކާލަން ކުލަބުގެ އޯނަރުން ނިންމާފައިވާތީ އެ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އޭނާ އަކީ އެ ވާހަކަ ދައްކަން އެންމެ އެކަށީގެންވާ މީހާ ނޫން ކަމަށެވެ. އެ ސުވާލަށް ޖަވާބު ދޭން ވެސް އެންމެ އެކަށީގެންވަނީ އޭނާ ނޫން ކަން ފާހަގަކޮށް ގާޑިއޯލާ ބުނީ އެކަމާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާ އަކީ ސީއޯއޯ ނޫން ކަމަށާއި، މަސައްކަތް ކުރަނީ ރަނގަޅު ކޯޗަކަށް ވުމަށް ކަމަށެވެ. ގާޑިއޯލާ ވަނީ އޭނާ އެހެން ކުލަބަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ވެސް ބުނެފައެވެ.

ސިޓީން ވަނީ ނޯވޭގެ އާލިން ހާލަންޑު ހޯދައި، ޓީމުގެ އެޓޭކު ވަރުގަދަކޮށްފައެވެ. ހާލަންޑާއެކު މި ސީޒަންގައި ސިޓީ ފެންނަނީ ވަރުގަދަ ކޮށެވެ. ސިޓީގައި ހާލަންޑު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް