ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 09:23
ކައުންސިލްތަކުން ގެންދަނީ އިމާރާތާތަކުގެ އިންސްޕެކްޝަންތައް ހަދަމުން
ކައުންސިލްތަކުން ގެންދަނީ އިމާރާތާތަކުގެ އިންސްޕެކްޝަންތައް ހަދަމުން
އޭއެފްޕީ
ލަންޑަންގެ ފަޔަރ ސޭފްޓީ ބެލުން
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
ކައުންސިލްތަކުން ގެންދަނީ އިމާރާތާތަކުގެ އިންސްޕެކްޝަންތައް ހަދަމުން
ދުވަސްވީ ބައެއް އިމާރާތްތަކުގައި ހުރީ އަލިފާނުން ރައްކާތެރިވުމަށް އެކަށީގެންވާ ކްލެޑިންގސްއެއް ނޫން
ގްރެންފެލް އިމާރާތުގައި ހިނގި ހާދިސާއަށްފަހު ލަންޑަންގެ މޭޔަރުވެސް ވިދާޅުވެފައިވަނީ އެއީ އެތައް އަހަރެއްގެ އިހުމާލުކަމަށް

އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން އޮތުމުން އުތުރު ލަންޑަންގެ ކެމްޑެންގެ އެތައް ސަތޭކަ ފްލެޓަކުން މީހުން ބަދަލުކޮށްފިއެވެ.

ކެމްޑެން ކައުންސިލުން ބުނީ ޝާލްކޮޓް އެސްޓޭޓްގެ ހަތަރު ޓަވަރަކުން މީހުން ބަދަލު ކުރީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް ކުރުމަށް ކަމަށެވެ.

ކައުންސިލުން ބުނީ އެ ފަރާތްތަކަށް ހޮޓާތައް ބުކް ކޮށްދޭ ކަމަށާއި ނަމަވެސް 100 މީހަކު މުނިފޫހިފިލުވާ ސެންޓަރ ބޭނުންކޮށްފައިވާ ކަމަށެވެ.

މީހުން ބަދަލުކުރެވުނު ހަަތަރު އިމާރާތަކީ މި މަހުގެ 14 ވަނަ ދުވަހު 79 މީހަކު މަރުވި އަލިފާނުގެ ހާދިސާ ހިނގި ގްރެންފެލް ޓަވަރއާ އެއްގޮތަށް ކްލެޑިންގ ޖަހާފައިވާ އިމާރާތްތަކެކެވެ.

ޝާލްކޮޓްގެ އާބާތުރަ ފިލުވާފައިވަނީ 2006 އާއި 2009އާ ދެމެދުއެވެ. އެތަނުގެ މަސައްކަތް ވެސް ކޮށްފައިވަނީ 2015 އާއި 2016އާ ދެމެދު ގްރެންފެލްގެ މަސައްކަތް ބެލެހެއްޓި ރައިޑަން ފާމުންނެވެ.

ކެމްޑެން ކައުންސިލުން ބުނީ ޝާލްކޮޓް އެސްޓޭޓްގެ ފަސް ޓަވަރެއްގެ ބޭރުގައި ޖަހާފައިވާ ތާމަލް ކްލެޑިންގ ނައްޓާނެ ކަމަށެވެ.

އޭގެ އިތުރުން އެ ކައުންސިލުން ވަނީ ފްލެޓްތަކަށް ގުޅާފައިވާ ގޭސް ހޮޅިތަކުގެ އިންސިއުލޭޝަނާ މެދު އަދި އަލިފާނުގެ ހާދިސާތައް ހިނގުމުން ބޭނުންކުރާ ދޮރާ މެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް