ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 09:00
އަލް އަޒްހަރުގެ އިސް އިމާމް، އަޙުމަދު މުޙައްމަދު އަޙުމަދު އަލް ޠައްޔިބު އަދި ސައުދީ އަރަބިއާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދު
އަލް އަޒްހަރުގެ އިސް އިމާމް، އަޙުމަދު މުޙައްމަދު އަޙުމަދު އަލް ޠައްޔިބު އަދި ސައުދީ އަރަބިއާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދު
ގޫގުލް
މައްކާގައި ޓެރަރިސްޓުން
ޓެރަރިޒަމާ ހަނގުރާމަކުރުމުގައި އެންމެ މުހިންމީ އިސްލާމީ މުއައްސަސާތައް: ސައުދީ ވަލީއަހުދު
އިސްލާމް ދީނުގެ ހަޤީޤީ ފިކުރާއި ވިސްނުން ފެތުރުމުގައި އަލް އަޒްހަރުގެ އިސް ދައުރެއް އޮތްކަން ފާހަގަކުރެއްވި
ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މުސްތަޤުބަލުގައި އެންމެ މުހިއްމު ވެގެންދާނީ އިސްލާމީ އެކިއެކި މުއައްސަސާތައް: އަމީރު މުޙައްމަދު
އިސް އިމާމު ވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަމީރަށް އަރުވާފަ

ޓެރަރިޒަމާއި ދެކޮޅަށް ދުނިޔެއިން މިހާރު ކުރަމުންދާ ހަނގުރާމައަށް މުސްތަޤުބަލުގައި އެންމެ މުހިއްމު ވެގެންދާނީ އިސްލާމީ އެކިއެކި މުއައްސަސާތައް ކަމަށް ސައުދީ އަރަބިއާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަލް ސައުދު ވިދާޅުވެއްޖެއެވެ.

އަމީރު މުޙައްމަދު މިފަދައިން ވިދާޅުވީ، ހުކުރުދުވަހުގެރޭ ތަރާވީހު ނަމާދާއި ދިމާކޮށް، ހަރަމްފުޅަށް ބޮމުގެ ހަމަލާއެއް ދޭން ބަޔަކު ކުރި މަސައްކަތް ކުށްވެރިކުރެއްވުމުގެ ގޮތުން، އަލް އަޒްހަރުގެ އިސް އިމާމް، އަޙުމަދު މުޙައްމަދު އަޙުމަދު އަލް ޠައްޔިބު، އަމީރުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގައި، އެމަނިކުފާނާއި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި އަމީރު މުޙައްމަދު ވަނީ މިއަދުގެ ދުނިޔޭގައި މުސްލިމުން ތަޖުރިބާ ކުރަމުންދާ އެކި ކަންކަމަށް ބަލާއިރު، އިސްލާމް ދީނުގެ ހަޤީޤީ ފިކުރާއި ވިސްނުން ފެތުރުމުގައި އަލް އަޒްހަރުގެ އިސް ދައުރެއް އޮތްކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް އިމާމް ޠައްޔިބު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަމީރު މުޙައްމަދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.  

މި ބައްދަލުކުރެއްވުމުގައި އިމާމް ޠައްޔިބު ވަނީ އަމީރު އެދިވަޑަގެން ފަދައިން، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަމީރު މުޙައްމަދަށް އަރުއްވަވާފައެވެ.

- ކޮމެންޓް
24 ޖޫން 2017 | ހޮނިހިރު 12:11
މާނާ
އަލްއަމީރު މުހައްމަދު ބިން ޓްރަންޕް ތިޔަހެން ބުނެފާނެ!