ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 12:24
ރައީސް އަބްދުﷲ ޔާމީން ވަނީ ރައީސް މައުމޫނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި
ރައީސް އަބްދުﷲ ޔާމީން ވަނީ ރައީސް މައުމޫނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި
ރާއްޖެއެމްވީ
ރައީސް ޔާމީން އައްޑޫ ދަތުރުފުޅު
މައުމޫނުގެ ނަން އިވުމުން ރައީސް ޔާމީނަށް އެއޮއް ވީ ގޮތެއް!
 
30 އަހަރުވެގެން ދިޔައިރު ރައްޔިތުންނަށް ޚިދުމަތެއް "ޑެލިވަރ ކޮށްލެވިފައި ނެތް" ކަމަށް މިއަދު ޔާމީނު ވިދާޅުވޭ
 
ރައީސް މައުމޫނުގެ ހިދުމަތުގައި ކޫރުމެއް އެޅޭ ފަދަ ބަހެއް ވެސް ނުބުނުމަށް ރައީސް ޔާމީނު ކުރިން އެދިވަޑައިގެންނެވި
 
އެއްވެސް މީހަކު ރައީސް މައުމޫނަށް އިހާނެތި ބަހެއް ނުބުނުމަށް ކުރިން ޔާމީނު އެދިވަޑައިގެންފައިވޭ

2018 ވަނަ އަހަރުގެ އޯގަސްޓު މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން ރ އަތޮޅު ދުވާފަރުގައި ބައިވެރިވެވަޑައިގެންނެވި ޖަލްސާއެކެވެ. ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އެމަނިކުފާނު އިންނަވާ ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާ އެއްވެސް މީހަކު ރައީސް މައުމޫނަށް އިހާނެތި ބަހެއް ނުބުނުމަށާއި ރައީސް މައުމޫނުގެ ހިދުމަތުގައި ކޫރުމެއް އެޅޭ ފަދަ ބަހެއް ވެސް ނުބުނުމަށް އެދިވަޑައިގެންފައެވެ.

އެހެން ވިދާޅުވީ ވެސް ކީއްވެތޯއެވެ؟ ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫނަށް ރާއްޖެ ތަރައްގީ ނުކުރެއްވުނު ކަމަށް އެ ޖަލްސާގައި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު ދެއްކެވި ވާހަކަތަކަކަށް އިޝާރާތް ކުރައްވައެވެ.

އެމަނިކުފާނަކީ ރާއްޖެއަށް ޚިދުމަތްތެރި ބޭފުޅެއް. ރައީސް މައުމޫނަކީ ރާއްޖެ ތަރައްގީ ކުރެއްވި ބޭފުޅެއް. ރައީސް މައުމޫނަކީ ދުވާފަރު ވެސް ތަރައްގީ ކުރެއްވި ބާނީ. އެހެންވީމާ ރައީސް މައުމޫނަކީ އިގްތިސާދީ ކުރިއެރުން ވެސް އަދި އިޖުމާއީ ހަމަޖެހުން ވެސް އަދި ތައުލީމީ ދާއިރާ ވެސް އަޅުގަނޑުމެން ހީނުކުރާ ހިސާބަށް ކުރިއަށް ގެންގޮސް ދެއްވި ބޭފުޅެއް. ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް މައުމޫނަކީ ރާއްޖެ ތަރައްގީ ކުރެއްވި ބޭފުޅެއް ކަމަށާއި، ރައީސް މައުމޫނަކީ ދުވާފަރު ވެސް ތަރައްގީ ކުރެއްވި ބާނީ ކަމަށް އެ ދުވަހު ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ އިގްތިސާދީ ކުރިއެރުން ވެސް އަދި އިޖުމާއީ ހަމަޖެހުން ވެސް އަދި ތައުލީމީ ދާއިރާ ވެސް ދިވެހިން ހީނުކުރާ ހިސާބަށް ކުރިއަށްގެންގޮސް ދެއްވި ބޭފުޅެއްކަމަށް އެ ދުވަހު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއަދު އެމަނިކުފާނުގެ އަޑާއި ރާގު ވަނީ ވަރަށް ވެސް ބޮޑަށް ބަދަލުވެފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އާންމުންގެ ބަޔަކާ ވާހަކަފުޅު ދައްކަވަމުން، މައުމޫނުގެ ނަން އިވިވަޑައިގަތުމުން ރައީސް ޔާމީނަށް އެއޮއް ވީ ގޮތެކެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރުގެ ވާހަކަ މިއަދު އެ ދެއްކެވީ މަލާމާތާއި ފޫހިކަމުގެ ރާގެއްގައެވެ. 30 އަހަރުވެގެން ދިޔައިރު ރައްޔިތުންނަށް ޚިދުމަތެއް "ޑެލިވަރ ކޮށްލެވިފައި ނެތް" ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

އެއްވެ ތިބި މީހުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވަނީ އެތަނުގައި ހުރި މީހެއްގެ ގާތުގައި އޭނާއަށް ކިޔަނީ ކޮން ނަމެއްތޯ އައްސަވާފައެވެ. ޖަވާބުގައި އޭނާއަށް ކިޔަނީ މައުމޫނޭ ދެންނެވުމުން، ރައީސް ޔާމީނުގެ މޫނުފުޅުގެ ކުލަވަރުވެސް މުޅިން ބަދަލުވެގެން ދިޔައެވެ. އެއްބަފާ ބޭބޭފުޅާ މެދު ހިތުގައި އޮތް އަސްލު ޝުއޫރުތައް ބޭރުކޮށްލެއްވީ އެތަނުގައި ހުރި މައުމޫނު ނަމަކަށް ކިޔާ އާންމުންގެ މީހަކަށެވެ. ބަސްމަގުވެސް ހުރީ ނިކަން ޒާތެއްގެ ގޮތަކަށެވެ.

ވިދާޅުވަމުން ގެންދެވީ ރައީސް މައުމޫނަށް ޚިދުމަތް ކޮށްދެވިފައި ނެތް ވާހަކައެވެ. 30 އަހަރު ވެރިކަމަށް ލިބިވަޑައިގަތުމުން ވެސް ވީކަމެއް ނެތް ކަމުގެ ވާހަކައެވެ.

ތަރޓީ އިޔަރަސް ބިހައިންޑް އެންޑް ޔެޓް ޔޫ ވަރންޓް ޑެލިވަރޑް
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެހެންވެސް ވެދާނެއެވެ. އޭރު ހުންނެވީ ވެރިކަމުގައެވެ. ބޭބޭފުޅު އޭރު ހުންނެވީ ހައްޔަރުކޮށް، އެމަނިކުފާނުގެ ސަރުކާރުން ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، ފޯނު ނުދެއްވި ކަމަށް ބުނެ އަދުލު އިންސާފަށް ހުރަސްއެޅިކަން ސާބިތުވެ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއްގައެވެ.

އެހެންނަމަވެސް މިއަދު ރައީސް މައުމޫނަކީ މި ހިނގަމުންދާ ސަރުކާރު ކޯލިޝަންގެ މުހިއްމު ޕާޓްނަރެކެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިޚާބެވެ. ރައީސް ޔާމީނު އެ ގެންދަވަނީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ. ވީއިރު އޭރު ދެއްކެވި ވާހަކަފުޅު މިހާރު ދިމާނުވުން ވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް މައުމޫނުގެ ނަންފުޅު އިވިވަޑައިގަތުމާ އެކު، ރައީސް ޔާމީނަށް އެ ވެގެންދިޔަ ގޮތެއް ދެއްތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
8%
12%
20%
44%
0%
16%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު