ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 22:03
ނިއުކާސަލްގެ އަލްމިރަން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ނިއުކާސަލްގެ އަލްމިރަން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
ސައުތެމްޓަން ބަލިކޮށް، ނިއުކާސަލް ތިންވަނައަށް
ނިއުކާސަލް ތާވަލުގެ ތިންވަނައަށް ޖެހިލީ 14 މެޗުން 27 ޕޮއިންޓު ހޯދައިގެން
ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މެޗު ނިއުކާސަލްއިން ކާމިޔާބުކުރީ 4-1ން

އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަން ބަލިކޮށް ތާވަލުގެ ތިންވަނައަށް ނިއުކާސަލް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މެޗު ނިއުކާސަލްއިން ކާމިޔާބުކުރީ 4-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްއަށް ލީޑު ނަގައިދިނީ މިގުއެލް އަލްމިރަންއެވެ. މެޗުގެ ބާކީ ހަތަރު ލަނޑު ފެނުނީ ދެވަނަ ހާފުގައެވެ.

ދެވަނަ ހާފުގައި ކްރިސް ވުޑްއާއި ޖޯ ވިލޮކް ވަނީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖަހައި، ނިއުކާސަލްއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސައުތެމްޓަންގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ރޮމައިން ޕެރޯޑްއެވެ. ނިއުކާސަލްގެ ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ގިމަރޭޒްއެވެ.

މި މޮޅާއެކު ނިއުކާސަލް ތާވަލުގެ ތިންވަނައަށް ޖެހިލީ 14 މެޗުން 27 ޕޮއިންޓު ހޯދައިގެންނެވެ. 14 މެޗުން ލިބުނު 12 ޕޮއިންޓާއެކު ސައުތެމްޓަން އޮތީ ތާވަލުގެ ފުލުން ތިންވަނާގައެވެ.

- ކޮމެންޓް