Advertisement
ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 16:52
ޖޭއެސްސީ ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން ބާރ ކައުންސިލްގެ ކޮމިޓީއާއި ބައްދަލުކުރަނީ
ޖޭއެސްސީ ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން ބާރ ކައުންސިލްގެ ކޮމިޓީއާއި ބައްދަލުކުރަނީ
އޭޖީ އޮފީސް
ޖޭއެސްސީ އިސްލާހުކުރުން
ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ބާރ ކައުންސިލާއި ބައްދަލުކޮށްފި
އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ގަސްދުކޮށްފައިވޭ
މިހާތަނަށް ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއި، ޖޭއެސްސީ އަދި ސުޕްރީމް ކޯޓާއި ވެސް ބައްދަލުކޮށްފައިވޭ

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ބާރ ކައުންސިލާއި ބައްދަލުކޮށްފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ގަސްދުކޮށްފައިވާ ކަމަށެވެ.

Advertisement

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބާރ ކައުންސިލްގެ ކޮމިޓީގެ މެންބަރުންނާއެކު ބައްދަލުކޮށްފައިވަނީ އާދީއްތަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރި މަދަނީ ޖަމްޢިއްޔާތަކާ ބުދަ ދުވަހު ވަަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ހޯޕް ފޮރ ވިމެން، މޯލްޑިވްސް ޔޫތް، ޖޭސީއައި ކާފު މޯލްޑިވްސް، އޭބީއޭ ރޫލް އޮފް ލޯ އަދި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭ.ޑީ.އެމް) ގެ އިތުރުން ދިވެހިރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމްޢިއްޔާއިން ބައިވެރިވެފައިވެއެވެ.

މީގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލިއެވެ.

އޭޖީ އޮފީހުން ބުނީ، ގާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ބިލު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދަށު ކޯޓުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް މިހާރު ވަނީ ފަށާފައެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާ ބައްދަލުކޮށްފައިވެއެވެ. އަދި ޖޭއެސްސީ އަދި ސުޕްރީމް ކޯޓާއި ވެސް ބައްދަލުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް