ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 22:11
މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީގެ އަރިހުގައި
މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީގެ އަރިހުގައި
އަބްދުﷲ ޝާހިދު
ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ސަރބިއާއަށް
ސަރބިއާއާ ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައި
ސަރބިއާއާ ރާއްޖޭގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ
އިނގިރޭސިލާތަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޯލްކަންސް ގެ ގައުމެއް ކަމަށްވާ ސަރބިއާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެގައުމާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ވަނީ އިނގިރޭސިވިލާތުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖެއިން އެގައުމަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ނެގުން ހުއްޓާލުމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވިއެވެ.

އިނިގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ސަރބިއާއަށް ވަޑައިގެންފައިވާއިރު، މިއީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިއީ ސަރބިއާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ. އަދި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދައިރާތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި ބައިލެޓްރަލް ޕޮލިޓިކަލް ކޮންަސަލްޓޭޝަންއާ ގުޅޭ އެއްބަސްވުމެއްގައި ސަރބިއާއާއެކު ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް