ކ. މާލެ
|
5 ނޮވެންބަރ 2022 | ހޮނިހިރު 05:15
ރަޝްފޯޑް
ރަޝްފޯޑް
ޓްވީޓަރ
މެންޗެސްޓަރ ޔުނައިޓެޑް
ރަޝްފޯޑް ދޫކޮށްލުމުގެ ވިސްނުމެއް ޔުނައިޓެޑުގެ ނެތް
މިހާރު ޔުނައިޓެޑުން ބޭނުންވަނީ ދިގު މުައްދަތަކަށް ރަޝްފޯޑް ކުލަބުގައި ބަހައްޓަން

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މާކުސް ރަޝްފޯޑް ދޫކޮށްލުމުގެ ވިސްނުން އެ ކުލަބުން ނުގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އޭނާފެ ސީނިއާ ކެރިއަރު ފެށީ ވެސް ޔުނައިޓެޑުންނެވެ. 2015 ވަނަ އަހަރު އެ ކުލަބާ ގުޅި، އޭނާ ވަނީ 2019 ވަނަ އަހަރު އެއްބަސްވުން އައުކޮށްފައެވެ. އެފަހަރު ރަޝްފޯޑު އެއްބަސްވުން އައުކުރީ ހަތަރު އަހަރު ދުވަހަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއްގައި ރަޝްފޯޑް ކުލަބު ދޫކޮށްލަފާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ރަޝްފޯޑަކީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގްގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިޔެކެވެ. ޔުނައިޓެޑުގައި ޓެން ހާގް އަށް މުހިންމު ކުޅުންތެރިންގެ ތެރޭގައި ރަޝްފޯޑް ހިމެނޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިހާރު ޔުނައިޓެޑުން ބޭނުންވަނީ ދިގު މުައްދަތަކަށް ރަޝްފޯޑް ކުލަބުގައި ބަހައްޓަން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރަޝްފޯޑް ވަނީ މި ސީޒަންގެ މިހާތަނަށް ޔުނައިޓެޑަށް 16 މެޗު ކުޅެދީ، ހަތް ލަނޑު ޖަހާފައެވެ. ޖުމުލަ މިހާތަނަށް އޭނާ ޔުނައިޓެޑަށް ކުޅެދިން 319 މެޗުން ވަނީ 100 ލަނޑު ޖަހާފައެވެ. ޔުނައިޓެޑާއެކު ރަޝްފޯޑް ވަނީ ހަތަރު ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެފްއޭ ކަޕާއި، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގެވެ.

- ކޮމެންޓް