ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 08:02
އިސްރާއީލުގެ ބޮޑު ވަޒީރުކަމަށް ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑު ވަޒީރުކަމަށް ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
އިސްރާއީލުގެ ބޮޑުވަޒީރުކަމަށް ނަތަންޔާހޫ
އިންތިޚާބު ކާމިޔާބުކުރެއްވިކަން ކަށަވަރުވުމާއެކު ލެޕިދު ނަތަންޔާހޫއަށް މަރުހަބާ ވިދާޅުވެއްޖެ
ނަތަންޔާހޫގެ ލުކޫޑް ޕާޓީ އާއި އެ ޕާޓީ އާ އެކުވެފައިވާ ޕާޓީތަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ކާމިޔާބުކޮށްފައި

އިސްރާއީލުގެ އާންމު އިންތިޚާބު ކުރީގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވިކަން ޔަގީންވުމާ އެކު ބޮޑުވަޒީރު ޔައިރް ލެޕިދު ނަތަންޔާހޫ އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫގެ މި ކާމިޔާބީއަކީ ހަތަރު އަހަރު ތެރޭގައި ބޭއްވި ފަސް ވަނަ އިންތިޚާބާ އެކު އިންތިޚާބުތައް ބޭއްވުމުގެ ސިލްސިލާ އެއް ގެނުވި ނިމުމެއްވެސްމެއެވެ. އެއީ މިފަހަރު ނަތަންޔާހޫ ވަނީ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ ސާފު މެޖޯރިޓީ ހޯއްދަވާފައެވެ.

އަންގާރަ ދުވަހުގެ ނަތީޖާ އިން ހާމަވިކަމަކީ ސެންޓަރިސްޓް ލެޕިދު އާއި އޭނާ އާ އެކު ތިބި ކޮންޒަވޭޓިވުންނާއި ލިބަރަލް އަދި އަރަބި ސިޔާސީ މީހުން އެކުވެގެން 18 މަސް ދުވަހުގެ ވެރިކަމާ މެދު ރައްޔިތުން ދެކުނު ގޮތެވެ. ލެޕިދުގެ ސިޔާސަތުގެ ތެރެއިން ތުރުކީ އާއި ލުބުނާން އާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާއިރު އިގްތިޞާދު ވެސް ވަނީ މަޑުޖެހުމެއްނެތި ކުރިޔަށް ގެންގޮސްފައެވެ.

ކަނާތު ފިޔައިގެ ނަތަންޔާހޫގެ ލުކޫޑް ޕާޓީ އާއި އެޕާޓީ އާ އެކުވެފައިވާ ޕާޓީތަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ކާމިޔާބުކޮށްފައެވެ.

ނަތަންޔާހޫ އަށް އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފެށޭނީ ރައީސް އެކަމަށް އެންގެވުމުންނެވެ. އައު ސަރުކާރެއް އެކުލަވާލުމަށް ހަފްތާތަކެއް ނަގާނެކަމަށް ބެލެވެއެވެ.

އިސްރާއީލުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އައު ސަރުކާރެއް އެކުލަވާލެވޭވަރުވާނީ މިމަހުގެ މެދު ތެރޭގައެވެ. ކުރިން ވެރިކަން ހިންގަމުން އައި ކޯލިޝަންތަކަށް ކުޑަ މެޖޯރިޓީ އެއް ލިބިފައިވުމާ އެކު އެސަރުކާރުތައް ހިންގުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް