ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 07:14
ސިފައިންގެ ކުޅުންތެރިން ތަށި އުފުލާލަލީ
ސިފައިންގެ ކުޅުންތެރިން ތަށި އުފުލާލަލީ
18/30 ފުޓްސަލް ފިއެސްޓާ
ބޮޑު މޮޅަކާއެކު ސިފައިން ޗެމްޕިއަންކަން ހޯދައިފި
މިއީ ސިފައިން ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަަހަރު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން, 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން އެމްޕީއެލް 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހާ ސިފައިންނަށް ކުރިހޯދައިދިނީ ފާތިމަތު ތީބާއެވެ. މެޗުގައި އިތުރު ލަނޑެއް ޖަހާ އޭނާ ހެޓްރިކް ހެދިއެވެ. ސިފައިންގެ ސަބީނާ ހަތުން ހަތަރު ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. މެޗުގައި ދެން ސިފައިންނަށް ލަނޑުތައް ޖަހައިދިނީ ކެޕްޓަން އާމިނަތު ޒާހިޔާ އާއި މަރިޔަމް ރިފާ އާއި ސުމައްޔާއެވެ. އެމްޕީއެލްގެ ދެ ލަނޑު ޖެހީ ކީޕަރު ސަސިޕުރަފާ ސުކުސެންއެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ދުރު ޕެނަލްޓީންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ކްލަބްގެ ސަބީނާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީ ވެސް ސިފައިންގެ ކްލަބްގެ ސަބީނާއެވެ. ފެއަރޕްލޭ ކުޅުންތެރިއަކީ ފައިނަލް މެޗުގައި ހެޓްރިކް ހެދި ތީބާއެވެ. ފެއަރޕްލޭ ޓީމަކީ ވެމްކޯއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސިފައިންގެ ސަބީނާ އާއި ސުމައްޔާ އާއި ސާއިގާ އާއި އެމްޕީއެލްގެ ސާލިޔާ އަދި ނަތަމޯން އަތުކުލާއެވެ.

- ކޮމެންޓް