ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 07:10
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދޭ
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދޭ
އެމްއެންޑީއެފް
ނަސްރުގެ ދުވަސް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ޚާއްސަ ހަރަކާތްތަކެއް
ނަޞްރުގެ ދުވަހާ ގުޅިގެން ބާއްވާ އަސްކަރީ ޕެރޭޑް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް ކަމުގައިވާ ހދ. ކުޅުދުއްފުށީގައި

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އެމްއެންޑީއެފުން ބާއްވާ ޚާއްޞަ ހަރަކާތްތައް ފަށާފައިވަނީ އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރި ފަތިސް ނަމާދުންނެވެ. މީގެ އިތުރުން ހެނދުނު 06:00 ގައި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓުކޮށްފައިވެއެވެ. އަދި ދުވަހުގެ މުނާސަބަތުގައި ބާއްވާ "ވިކްޓްރީ ލެޕް" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ހަވީރު 15:50 ގައެވެ.

މީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމާންޑްތަކަށް ނިސްބަތްވާ ސިފައިންގެ މަރުކަޒުތަކުގައި ޖަމާޢަތުގައި ފަތިސް ނަމާދު ކޮށްފައިވާއިރު، ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް ބާއްވާފައިވެއެވެ. އަދި ހަވީރު "ވިކްޓްރީ ލެޕް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން ބާއްވާ އަސްކަރީ ޕެރޭޑް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް ކަމުގައިވާ ހދ. ކުޅުދުއްފުށީގައި ނޮވެންބަރު 4 ވަނަ ދުވަހުގެ ހަވީރެވެ.

ނަޞްރުގެ ދުވަހަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު ރާއްޖެ އައިސް ދިން ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަޞްރު ފާހަގަކުރާ ދުވަހެވެ.

- ކޮމެންޓް