ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 14:52
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީސް
ޗާގޮސް މައްސަލަ
ޗާގޮސް މައްސަލައިގައި ރައީސް ޔާމީން ބަދަލުކުރައްވާނެ ކަމެއް ދެން ނެތް: ތަރުޖަމާން
ރާއްޖޭގެ ސަރަހައްދު ގެއްލުމަށް މަގުފަހިވާގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި
އަޅުވެތިކަމަށް ތާއީދުކުރާ ނަމަ ރާއްޖޭގެ ސްޓޭންޑް ބަދަލުކުރާނެ ކަމަށް މިއުވާން ވިދާޅުވި
ޗާގޮސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލާކަމަށް ސަރުކާރުން ބުނޭ

ޗާގޮސް މައްސަލައިގައި މި ސަރުކާރުން ކުރި ކަންތައްތަކަށް އިހްތިރާމު ނުކުރައްވާނެ ކަމަށާއި އެކަން "އަނބުރާ ޖަހާނެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ މައްސަލައިގައި ނިންމުން ބަދަލުކުރަން އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެން އިތުރަށް ނިންމާނެ ނިންމުމެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީން ބަދަލުކުރައްވާނެ ކަމެއް ދެން ނޯންނާނެ ކަމަށާއި ޗާގޮސް މައްސަލައިގައި ކޯޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ސަރުކާރުން ކުރަން ޖެހޭ އިތުރު ކަމެއް ނެތް ކަަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ. އަދި ކޯޓަކުން ނިންމާފައިވާ ކަމަކާއި ޚިލާފުވެވަޑައިގަންނަވަން ރައީސް ޔާމީން ބޭނުންވެވަޑައިގަންނަވާ ނަމަ އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ކަމެއް ކަމަށާއި އެކަމާއި ގުޅިގެން ވިދާޅުވާނއ އިތުރު ވާހަކައެއް ނެތް ކަމަށް މިއުވާން ވިދާޅުވިއެވެ. ޗާގޮސް މައްސަލައިގައި އައިސީޖޭއޭގެ ނިންމުން ތަންފީޒުކުރަން އދ.ގެ އާއްމު މަޖިލީހަށް ހުށަހަޅާ ހިސާބުން ރާއްޖެއިން ވޯޓު ދޭނެ ގޮތެއް ނިންމާނީ އޭރެއްގައި އޮންނަ ސަރުކާރަކުން އެ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. އަޅުވެތިކަމަށް ތާއީދުކުރާނަމަ އެ ބޭފުޅުންގެ ސްޓޭންޑް ނުވަތަ ނިންމުން ބަދަލުކުރައްވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ ޑީކޮލޮނައިޒޭޝަން ނުވަތަ އިސްތިއުމާރުކުރުމާއި ދެކޮޅުވުން ކަަމަށް މިއުވާން ވިދާޅުވިއެެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައި އޮއްވައި އެ ސަރަހައްދު ގެއްލުމަށް މަގުފަހިވާގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއިން ކުރިން ކަނޑައެޅި ސަރަހައްދަށް ވުރެ ކުޑަ ސަރަހައްދެއް ލިބޭ ގޮތަށް އޮތް އޮތުން ބަލައިނުގަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅުގައި އޮތީ އެ ވާހަކަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވި ނަމަވެސް އެފަދަ ވާހަކައެއް އެ ސިޓީގައި ނުވާ ކަމަށް މިއުވާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ޗާގޮސް މައްސަަލައިގައި ރާއްޖެ އިން ރާއްޖޭގެ ބައެއް ގެއްލޭގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތައްކަމަށް ސަރުކާރުން ބުނެއެވެ.

- ކޮމެންޓް