ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 14:32
އެސްޓީއޯއިން ވިއްކާ ދަގަނޑުގެ އަގު ވަނީ ހެޔޮކޮށްފައި
އެސްޓީއޯއިން ވިއްކާ ދަގަނޑުގެ އަގު ވަނީ ހެޔޮކޮށްފައި
އެސްޓީއޯ
އެސްޓީއޯއިން ވިއްކާ ދަގަނޑު
ދަގަނޑުގެ އަގުތައް އެސްޓީއޯއިން ކުޑަކޮށްފި
ދަގަނޑުގެ ބާވަތްތަކުން 14 އިންސައްތަ އާ ހަމައަށް އަގުތަށް ވަނީ ދަށްކޮށްފައި

ދަގަނޑުގެ އަގުތައް އެސްޓީއޯ އިން ކުޑަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކަމުންދާ ދަގަނޑުގެ އަގު، 1 ނޮވެމްބަރު 2022 އިން ފެށިގެން ހެޔޮކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. މިގޮތުން ދަގަނޑުގެ ބާވަތްތަކުން 14 އިންސައްތަ އާއި ހަމައަށް އަގުތަށް ވަނީ ދަށްކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ކޮވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔަ ދިޔުމުގައި، ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގުގެ އިތުރުން، ދަގަނޑުގެ އަގުތަކަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.

ނަމަވެސް ރާއްޖޭގެ މާކެޓު ތެރޭގައި އަގުތައް ކޮންޓްރޯލްކޮށް، އެންމެ ކުޑަ އަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ވަނީ މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައެވެ. ސަޕްލައި ޗެއިން އަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެމުން ދާއިރު، އިމާރާތް ކުރުމުގައި އެހެނިހެން ސާމާނުތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް