ފިތުރު އީދަށް ހާއްސަކޮށްގެން ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ހުކުރު ދުވަހު ތައާރަފުކޮށްފި އެވެ.
ދިރާގުގެ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ރަމާޟާން މަހާއި ފިތުރު އީދާ ގުޅުވައިގެން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ބަހުރުވަ އާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ވައިބަރ ސްޓިކަރ ޕެކްގެ ސަބަބުން އީދުގެ ތަހުނިޔާ ގާތްތިމާގެ މީހުންނަށް ރީތި ސްޓިކަރއެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެ ކަމަށެވެ. މި ސްޓިކަރ ޕެކްގައި ހުވަދޫ ބަހާއި އައްޑޫ ބަހުރުވަ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މީހުން ވާހަކަ ދައްކައި އުޅޭ ބަހުރުވައިން ސްޓިކާ ތައްޔާރުކޮށްފައިވެ އެވެ.
މިރުޝާން އިތުރަށް ވިދާޅުވީ ވައިބަރ ގެންގުޅުއްވާ ހުރިހާ ފަރާތަކަށްވެސް މި ސްޓިކަރ ޕެކް ހިލޭ ލިބޭނެ އެވެ.
ދާދި ފަހުން ނިމިގެން ދިޔަ މޯލްޑިވިއަން އައިޑަލް ޝޯއާ ގުޅުވައިގެންވެސް ދިރާގުންވަނީ ވަރަށް މަގްބޫލު ވައިބަރ ސްޓިކަރ ޕެކެއް ނެރެފައެވެ.