Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 14:10
ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގަނެފައިވާ މަސްތުވާތަކެއްޗާއި ފޯނުތަކެއް
ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގަނެފައިވާ މަސްތުވާތަކެއްޗާއި ފޯނުތަކެއް
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ރަށަކުން މަސްތުވާތަކެއްޗާ އެކު ބަޔަކު އަތުލައިގެންފި
ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުކުރުދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.    

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މާފުށީ ޖަލަށް މިތަކެތި ވައްދަން އުޅުނުކަމުގެ ތުހްމަތުގައި ކަމަށާއި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މީގެ އިތުރުން އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ ކ. ގުރައިދޫ ގޮޑުދޮށުގެ އިރުމަތީފަރާތް ބަލައި ފާސްކޮށް ގޮޑުދޮށުގެ އިރުމަތީފަރާތަށް ލައްގާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 319 ރަބަރު ޕެކެޓް ހޯދާފައެވެ.  އަދި ހުކުރު ދުވަހު (މިއަދު) ށ. މިލަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް