ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 07:20
ބާސެލޯނާގެ މިޑްފީލްޑަރު ކެސިއޭ
ބާސެލޯނާގެ މިޑްފީލްޑަރު ކެސިއޭ
ޓްވީޓަރ
ބާސެލޯނާ
ބާސެލޯނާ ދޫކޮށްލާކަށް ކެސިއޭ ބޭނުމެއް ނުވޭ!
ކެސިއޭ ބާސެލޯނާ އަށް ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ބާސެލޯނާ ދޫކޮށްލާކަށް އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ބޭނުންނުވާ ކަމަށް އޭނާގެ އެޖެންޓު ބުނެފިއެވެ.

އޭސީ މިލާން ދޫކޮށް ކެސިއޭ ބާސެލޯނާ އަށް ބަދަލުވީ މި ސީޒަންގައެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް 12 މެޗު ކުޅެދީފައެވެ. ނަމަވެސް ސްޕެއިންގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ކެސިއޭ ބޭނުންވަނީ އަންނަ ޖެނުއަރީ މަހު އެ ކުލަބު ދޫކޮށްލާށެވެ. ކެސިއޭ ބާސެލޯނާ އަށް ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ވާހަކަތައް ދެކެވެމުން ދިޔަ ވަގުތެއްގައި ކެސިއޭގެ އެޖެންޓު ބުނީ އެއީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. އޭނާ ބުނީ އޭގައި އެއްވެސް ވަރަކަށް ތެދު ނުހިމެނޭ ކަމަށެވެ. އޭނާގެ އެޖެންޓު ބުނީ ކެސިއޭ ބާސެލޯނާގައި ހުރީ ހިތްހަމަ ޖެހިގެން އުފަލުން ކަމަށާއި، ކުލަބް ދޫކޮށްލަން ބޭނުންވާ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ބާސެލޯނާގައި ކެސިއޭ އަށް ހޭދަކުރެވުނީ މަދު ދުވަސްކޮޅެއް ކަމަށާއި، ބާސެލޯނާގެ ކުޅުމުގެ ސްޓައިލަށް ކެސިއޭ ފިޓުވުމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި އެކަން ޕްލޭނާ އެއްގޮތަށް ކުރިއަށްދާ ކަން ފާހަގަކޮށް އެޖެންޓު ބުނީ، ބާސެލޯނާގައި ކެސިއޭ އަށް ކުރިއެރުންތަކެއް ވެސް ލިބެމުން އަންނަ ކަމަށެވެ.

ކެސިއޭ އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ގަޔާވާ ކުޅުންތެރިޔެކެވެ. އޭނާ ކުރިން ބުނެފައިވަނީ ކެސިއޭ އަކީ މެދު ތެރެއިން ބާސެލޯނާގެ ސްޓައިލަށް ކުޅެވޭނެ ފެންވަރުގެ ކުޅުްނތެރިޔެއް ކަމަށާއި، ކެސިއޭ އަކީ ބާސެލޯނާގައި މުސްތަޤުބަލު އޮތް ކުޅުންތެރިޔެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް