ކ. މާލެ
|
23 ޖޫން 2017 | ހުކުރު 11:16
މިދިޔަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް
މިދިޔަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް
ގޫގުލް
އިންވެސްޓްމަންޓް ފޯރަމް
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ޤަތަރު އިޚްތިޔާރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން ބޭރުގެ ގައުމުތަކުގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާގައި ކަމަށް ސަރުކާރުން ކުރިން އިއުލާން ކުރި ނަމަވެސް ޤަތަރުގައި އެ ފޯރަމް ގަތަރުގައި ބޭއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިކޮންމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފިއެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮންމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ބުރާސްފަތި ދުވަހު ވިދާޅުވީ، އިންވެސްޓްމަންޓް ފޯރަމް އޮންނާނެ ޤައުމެއް ފަހުން މިޑިއާތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

އިކޮނަމިކް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ޤަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ވިޔަފާރީ ގުޅުން ބާއްވާނެ ކަމަށް ފޮރިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު އާސިމް ވިދާޅުވެފައި ވަނިކޮށެވެ.

މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ދޯހާ އިޚްތިޔާރުކުރެއްވީ ވެސް ޙުދު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އަހަރު ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.

ސައުދީ އިސްވެ އޮވެ ގަލްފްގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލިކަން އިއުލާންކުރުމާ އެކު ދިވެހި ރާއްޖެއިން ވެސް ވަނީ ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައެވެ. ގަތަރަޖީ ރާއްޖެ އަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް